ޖައިޝަންކަރުގެ ތުހުމަތެއް ޗައިނާއަށް؛ ޓެރެރިސްޓުންނާ ދަނީ ގުޅުން ބަދަހި ކުރަމުން

އދ. ގެ ސެކިއުރިޓީ ކައުންސިލުގެ ނިންމުމާ ޗައިނާއިން އަންނަނީ ޚިލާފުވަމުންކަމަށް ބުނެ އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓަރު ޖައިޝަންކަރުގެ ނުރުހުން ޗައިނާއަށް އަމާޒުވެއްޖެއެވެ.
މީޑިއާއާ ވާހަކަފުޅުދައްކަވަމުން ޖައިޝަންކަރު ވިދާޅުވީ، ޓެރަރިސްޓުން ބަލައިގަތުމުގައި ސެކިއުރިޓީ ކައުންސިލުން ނިންމުންތަކެއް ނިންމާފައިވާކަމަށާއި، ނަމަވެސް އެ ނިންމުންތަކާ ޚިލާފަށް ޗައިނާއިން އަންނަނީ ޓެރަރިސްޓުންނާ ގުޅުން ބަދަހިކޮށް، ސިއްރު ބައްދަލުވުންތަކެއް ބާއްވަމުންކަމަށެވެ. އަދި މިއީ މަސްލަހަތު ގެއްލިދާނެ ކަމުގެ ބިރު އޮތް ކަމެއް ކަމަށް ޖައިޝަންކަރު ވިދާޅުވިއެވެ.
ޖައިޝަންކަރު ވިދާޅުވީ، ޓެރަރިސްޓުންގެ ޑިމާންޑުތަކަށް ގައުމުތަކުން ބޯލަަބަން ނުޖެހޭނެ ކަމަށެވެ.
އޭނާ މި މޭރުމުން ވާހަކަފުޅުދައްކަވާފައި މިވަނީ ދާދި ފަހުން ޗައިނާއިން ޕާކިސްތާނުގެ ޓެރަރިސްޓު ގްރޫޕަކާ ގުޅުން ބަދަހިކޮށްފައިވާކަން ފަޅާއަރާފައިވާ ދަނޑިވަޅެއްގައެވެ.