Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެ

ފެރީއަކުން މޫދަށް ވެއްޓުނު ޒުވާނަކު ނިޔާވެއްޖެ

ފެރީއަކުން މޫދަށް ވެއްޓި، ދިވެހި ޒުވާން ފިރިހެނަކު ނިޔާވެއްޖެއެވެ. ނިޔާވެފައިވަނީ ކަނދުހުޅުދޫ، ހީނާމާގޭ، އިރްފާން ނަމަކަށް ކިޔާ މީހެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައިވަނީ ގއ. ގެމަނަފުށިން ފުރައިގެން އެ އަތޮޅު ކަނޑުހުޅުދޫއަށް ދަތުރު ކުރަމުން ދިޔަ ފެރީގައި ދަތުރުކުރަމުން ދިޔަ ޒުވާނެކެވެ.

އުމުރުން 24 އަހަރުގެ ކަނޑުހުޅުދޫއަށް ނިސްބަތްވާ އެ ޒުވާނާއަކީ މީގެ ކުރިން ސްޓްރޯކް ޖެހޭ މީހެއް ކަމަށާއި، ނިޔާވެފައިވަނީ، ގެބުނު ވަގުތު ސްޓްރޯކް ޖެހިގެން ކަމަށް ލަފާކުރެވޭ ކަމަށް ގެމަނަފުށިން "ދެން" އަށް މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

އޭނާ މޫދަށް ވެއްޓުނީ ފެރީގެ ދިރުނބާ ކޮޅުގައި ހުއްޓައި ކަމަށާއި ޒުވާނާ ހޮސްޕިޓަލަށް ގެނައި އިރުވެސް އެއްވެސް ހަރަކާތެއް ނެތް ކަމަށް މަޢުލޫމާތު ލިބެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު 5:40 އެހާކަންހާއިރުއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް