Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މަސް ދޯންޏެއް ފަރަކަށް އަރައި ދޯނި މެދުން ބިންދައިގެން ހިނގައްޖެ

މަސް ދޯންޏެއް ފަރަކަށް އަރައި ދޯނި މެދުން ބިންދައިގެން ހިނގައްޖެ

ކ.ގާފަރު މަސް ދޯންޏެއް ފަރަކަށް އަރައި ދޯނި ބިންދައިގެން ހިނގައްޖެއެވެ.

ރޭ މެންދަމުގެ ވަގުތެއްގައި ފ.ހިމިތީ ފަރަށް އަރާފައިވަނީ ގާފަރު ''ހުދަންބަރު 12'' ނަމަކަށް ކިޔާ ދޯންޏެކެވެ.

ދޯނި ފަރަށް އެރިއިރު ބިދޭސީންނާއެކު ޖުމްލަ 12 މީހުން ތިއްބެވެ.

Advertisement
Ooredoo — Square (box)

ގާތްގަނޑަކަށް 80 ވަރަކަށް ފޫޓު ހުންނަ އެ ދޯނީގައި ތިބި މީހުން ވަނީ ސަލާމަތްކޮށްފައެވެ. އެ ދޯނީގައި 10 ޓަނު މަސް ހުރިކަމަށް މަޢުލޫމާތު ލިބެއެވެ.

ފީއަލީގެ ދެ ދޯންޏެއް އެ ސަރަހައްދަށް ގޮސް އެހީތެރިވަމުން އަންނައިރު ސިފައިން ވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް