ފުލުހެއްގެ ސައިކަލުގައި ހުޅުޖަހައި އަޅިއަށް ހަދާލައިފި

މ.މުލަކުގައި މަސައްކަތްކުރާ ފުލުހެއްގެ ސައިކަލުގައި ހުޅުޖަހައި އަޅިއަށް ހަދާލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ މުލަކުގައި ފުލުހެއްގެ ސައިކަލުގައި އަލިފާން ރޯކޮށްލީ ރޭގެ ވަގުތެއްގައި ކަމަށެވެ. އެހެންވެ އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރިކަމެއް ނުބުނެއެވެ.
މީގެ ކުރިން ވެސް ބައެއް ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންގެ ސައިކަލުގައި އަލިފާން ރޯކޮށްލައި ބައެއް މީހުން ގެއްލުންދީފައިވެއެވެ. އެ ގޮތުން ނ.މިލަދޫގައި މަސައްކަތްކުރާ ފުލުހެއްގެ ސައިިކަލުގައި މި އަހަރުގެ ފެބުރުއަރީގައި ވަނީ ހުޅުޖަހައި އަޅިއަށް ހަދާލައިފައެވެ.