ދީން

އޭ އަނބިންނާ މެދު އިޙްމާލުވެފައިވާ ފިރީންނޭވެ. އެ ކަނބަލުން ބެލެހެއްޓި ގޮތާ މެދު ސުވާލު ވެވޭނެއެވެ.

ދެން އެމްވީ ، ދެން އޮންލައިން

ޒަވާޖީ ޙަޔާތަކީ ދެމީހެއްގެ ދިރިއުޅުން އެއް ދިރިއުޅުމަކަށް ބަދަލުކޮށްލާ ގުޅުމެކެވެ. އެއީ މާތް މުޤައްދަސް ގުޅުމެކެވެ. ފަހެ ،''އަނބި ގަބޫލުކޮށްފިން''ކަމަށް ބުނާ ބުނުމަކީ ވެވޭ ބޮޑު އިޤްރާރެކެވެ. އަހުދެކެވެ. އެއީ ދެމަފިރިއެއް ލޯބިން ބަލާ ބޮޑުކުރި އަންހެން ދަރިއަކަށް ، ރައްކާތެރިވާނެ ކަމަށްވާ ވަޢުދެކެވެ. އެއީ އަމާނާތަކާ ޙަވާލުވީ ކަމަށް ވާ އެއްބަސްވުމެކެވެ.

Ads by STELCO

ވީއިރު ވިސްނުން ހުއްޓެވެ. އެ ކަނބުލޭގެއާ މެދު ހެޔޮކޮށް ހިތާށެވެ. އެކަނބުލޭގެއާ މެދު ކަންތައް ކުރަން ޖެހޭނެގޮތުގެ މޮޓޯ ﷲ ތަޢާލާ ވަނީ ވަޙީ ކުރައްވާ އަންގަވާފައެވެ.

وَعَاشِرُوهُنَّ بِالْمَعْرُوفِ-  النساء: ١٩

މާނައީ: “ހެޔޮ ގޮތުގައި އެކަނބަލުންނާއެކު އުޅޭށެވެ”.

މި މަޢުނަވީ ބަސްފުޅުގެ މުރާދަކީ ކޮބައިތޯއެވެ. އެއީ އިސްލާމްދީންގެ ތަރަހައިގެ ތެރޭގައި ހުރިހައި ކަމެއްގައި އެކަނބަލުންނަށް ހެޔޮކޮށް ހިތުމެވެ. އިޙްތިރާމް ކުރުމެވެ. އަޅައިލާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ޙަކީމް ބުނު މުޢާވިޔަތު އަލްޤުޝައިރީ އެކަލޭގެފާނުންގެ ބައްޕަގެ ކިބައިން ރިވާ ކުރައްވާފައިވެއެވެ. އެބައްޕަ ވިދާޅުވިއެވެ. ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމުގެ އަރިހުގައި ތިމަންކަލޭގެފާނުން ސުވާލުކުރީމެވެ. އަނބިންނަށް ޓަކައި ފިރިންގެ މައްޗަށް ވާޖިބުވާ ޙައްޤު ތަކަކީ ކޮބައިތޯއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. أَنْ تُطْعِمَهَا إِذَا طَعِمْتَ وَتَكْسُوَهَا إِذَا اكْتَسَيْتَ وَلاَ تَضْرِبْ الْوَجْهَ وَلاَ تُقَبِّحْ وَلاَ تَهْجُرْ إِلاَّ فِي الْبَيْتِ” (އަބޫދާއޫދު 2128)  “އެއީ ތިބާ ކައިގެން ހުރިނަމަ އޭނާއަށް ވެސް ކާން ދިނުމެވެ. އަދި ތިބާ ފޭރާންލާ ނިވާވެގެން ހުރި ނަމަ އޭނާ ވެސް ނިވައިކޮށްދިނުމެވެ. އަދި އެކަނބަލުންގެ މޫނުގައި ނުޖަހާށެވެ. އަދި އެކަނބަލުންނަށް ހަޑިހުތުރު އެއްޗެތި ނުކިޔާށެވެ. އަދި ގޭގައި އުޅޭއިރު މެނުވީ އެކަނބަލުންނާއި ވަކިނުވާށެވެ. ނުވަތަ އެކަނބަލުން އެހެން ގެއަކަށް ނުފޮނުވާށެވެ”.

ފިރީންނެވެ. ﷲ ތަޢާލާ އަންގަވައިފައި ވަނީ އަހަރެމެންގެ އަމިއްލަ ނަފްސުތަކާއި އަހަރެމެންގެ އަހުލުވެރީން އެބަހީ އަނބިދަރީން ނަރަކައިން ސަލާމަތް ކުރުމަށެވެ. ވީއިރު އަމިއްލަ ނަފުސަށް ފާރަވެރިވާ ފަދައިން އަނބީންނަށް ވެސް ސަމާލުކަން ދިނުން ހުއްޓެވެ. ތިޔަބައިމީހުންގެ އަނބިންނަކީ ޙަވާލުވެފައިވާ އަމާނާތެއްކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާން ނައްތައި ނުލާށެވެ. އެކަނބަލުން ބެލެހެއްޓި ގޮތާ މެދު ސުވާލު ވެވޭނެ ދުވަހެއް އޮތްކަން ހަނދާން ކުރާށެވެ. އަނބީންނާ އެކު 20، 30 އަހަރު އެކީ އުޅެވުނު އިރު އެކަނބަލުން ﷲ ތަޢާލާއާ ކުއްތަށް ކުރުމަށް ޓަކައި ކުރީ ކޮންކަމެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. ދޭނެ ޖަވާބެއް މިއަދު ނެތަސް ، ޖަވާބުދާރީވާން ޖެހޭ ދުވަހެއް އެބައޮތެވެ.

  1. ހެޔޮގޮތުގ މީހާ

    އަނބީންނާމެދ އިހުމާލ ވާނ ސަބަބެއ ނެތިއެއ ނޫނ . ކޮންމެވެސ ސަބަބުތަކެއ ހުރެގެނ. ދެކޮޅަށ ވެސ ހަމަހަމ. ފިރިންނ ދޭތެރ އިހުމާލ ވެފައިވަނ ކިތައ އަންހެނުން