Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

ޤައުމު ދިފާޢު ކުރުމުގެ މަސައްކަތަށް ތެދުވުމަށް ޣައްސާން ގޮވާލައްވައިފި

ޤައުމު ދިފާޢު ކުރުމުގެ މަސައްކަތަށް ތެދުވުމަށް ޣައްސާން ގޮވާލައްވައިފި

ޤައުމު ދިފާޢު ކުރުމުގެ މަސައްކަތަށް ތެދުވުމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ތ.ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޣައްސާން މައުމޫން ގޮވާލައްވައިފިއެވެ.

މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ޤައުމީ ދުވަހާ ގުޅިގެން ކުރެއްވި ޓުވީޓެއްގައި ޣައްސާން ވިދާޅުވީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެއް ކަމަށެވެ. އެކަން ފާހަގަކުރައްވައި ޣައްސާާން ގޮވައިލެއްވީ ޤައުމު ދިފާޢު ކުރުމުގެ މަސައްކަތަށް ދިވެހި ރައްޔިތުން ތެދުވުމަށެވެ.

''ޤައުމީ ދުވަހުގެ ހެޔޮ އެދުން މި ދަންނަވަނީ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަކީ ފަރުދީ ޒިންމާއެއްކަމުން ޤައުމު ދިފާޢު ކުރުމުގެ މަސައްކަތަށް ތެދުވެވަޑައިގަތުމަށް އެންމެހައި ލޮބުވެތި ދިވެހި ދަރިންގެ އަރިހު އާދޭސް ދަންނަވަން.''

Advertisement
Ooredoo — Truecaller (box)

ރާއްޖޭގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ. އެ ދުވަސް ފާހަގަކުރަނީ ޕޯޗްގީޒުންގެ ވަކިތަކުން, އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ ބޮޑުތަކުރުފާނު މި ޤައުމު ސަލާމަތްކޮށްދެއްވައި ހޯއްދަވައިދެއްވި މިނިވަންކަމުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.

މީގެއިތުރުން ޤައުމީ ދުވަހަކީ ޤައުމީ ރޫހާއި, އެކުވެރިކަން އަށަގެންނެވުމުގެ ވަރުގަދަ ބިންގާ އަޅައި, ޤައުމުގައި އުފެދުނު އަގުހުރި ދަރީން, ޤައުމަށް އަދާކުރެއްވި މަތިވެރި ވާޖިބަށްޓަކައި އެ ބޭކަލުންގެ ޒިކުރާ އާ ކުރާ ދުވަހެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް