Friday, 6 November 2026
Advertisement
Allied Insurance (leaderboard)
އިޖުތިމާޢީ

މަސްތުވާތަކެތީގެ މައްސަލައެއް: ހެކިތަކުގައި މައްސަލަތައްޖެހި ކުށް ސާބިތު ނުވާކަމަށް ނިންމައިފި

މަސްތުވާތަކެތީގެ މައްސަލައެއް: ހެކިތަކުގައި މައްސަލަތައްޖެހި ކުށް ސާބިތު ނުވާކަމަށް ނިންމައިފި
މަސްތުވާތަކެތީގެ މައްސަލައެއްގެ ތުހުމަތުގައި ހުޅުމާލޭ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހަކުގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮއްފިއެވެ. މި މައްސަލައަކީ 2019 ވަނަ އަހަރު ކުރީކޮޅު ހުޅުމާލޭ މަގުމަތިން ފުލުހުން އެމީހާ ހުއްޓުވައި، ބަލާފާސްކުރަމުން ދަނިކޮށް، އެމީހާގެ ޖީބުން މަސްތުވާތަކެތި ހުރިކަމުގައި ބުނާ ފިލްމު ހުސްކުރި ދަޅެއް ފެނިގެން ދައުވާ ކުރި މައްސަލައެކެވެ. އެމައްސަލާގައި ދައުލަތުން އެމީހާގެ މައްޗަށް ކޮށްފައިވަނީ ކެނެބިސް ޓްރެފިކްކުރުމުގެ ކުށުގެ ދަޢުވާއެވެ. ޝަރީޢަތުގައި ދައުލަތުގެ ހުރިހާ ހެކިން ހެކިބަސް ދީފަވަނީ، މަސްތުވާތަކެތި ހުރިކަމުގައި ބުނާ ފިލްމު ހުސްކުރި ދަޅަކީ ދަޢުވާލިބޭ ފަރާތުގެ ޖީބުން ފުލުހުން ނެގި ދަޅެއްކަމަށެވެ. އަދި އެދަޅު ނެގިއިރު އެދަޅުވަނީ ޓިޝޫ ގަނޑެއްގެ ތެރެއަށްލާފައި ކަމަށާއި، އެދަޅު ނެގުމަށްފަހު، އޭނާ ހައްޔަރުކޮށް ފުލުހުންގެ މަރުކަޒަށް ގެންދިޔަކަމަށެވެ. ހެއްކާބެހޭ ގޮތުން ވާހަކަ ދައްކަން ލިބުނު ފުރުސަތުގައި ދަޢުވާލިބޭ ފަރާތުގެ ދިފާޢީ ވަކީލު ޝަޒީމު ވަޙީދު ވިދާޅުވެފައިވަނީ، ދަޢުވާލިބޭ ފަރާތުގެ ޖީބުން ފުލުހުން ނެގިކަމުގައި ބުނާ މަސްތުވާތަކެތި ހުރިކަމުގައި ބުނާ ފިލްމު ހުސްކުރި ދަޅާއި، ދަޢުވާގައި ބުނާ މަސްތުވާތަކެތި ހުރިކަމުގައި ބުނާ ދަޅަކީ ތަފާތު 2 ދަޅެވެ. ދަޢުވާލިބޭ ފަރާތުގެ އަތުން ގެންދިޔަކަމުގައި ފުލުހުން ދަޅު، ލެބޯޓަރީއާއި ހަމައަށް ގެންދިޔަކަން އެނގެން ނެތްކަމަށާއި އަދި އެދަޅު ލެބޯޓަރީއަށް ގެންގޮސް ތަޙްލީލު ކުރެވުނުކަން އެނގެން ނެތްކަމަށްވެސް ޝަޒީމު ފާހަގަކުރެއްވިއެވެ. އަދި ޗެއިން އޮފް ކަސްޓަޑީގެ ތަފްޞީލަށް ބަލާއިރު، ދަޢުވާލިބޭ ފަރާތުގެ އަތުން ފެނުނުކަމުގައި ބުނާ ފިލްމު ހުސްކުރި ދަޅާއި ފުލުހުންގެ އަތުން އަތަށް ދައުރުވި ދަޅަކީ ތަފާތު ދަޅުތަކެއްކަން ސާފުކޮށް އެނގޭކަމަށްވެސް ޝަރީޢަތުގެ މަޖިލީހުގައި ޝަޒީމު ވިދާޅުވިއެވެ. ދަޢުވާލިބޭ ފަރާތުގެ ދިފާޢީ ވަކީލުންގެ ގޮތުގައި ދަށު ކޯޓުގައި ވަކާލާތުކުރެއްވީ މަޝްހޫރު ޤާނޫނީ ވަކީލު ޝަޒީމު ވަޙީދު އަދި ކުރީގެ މާލެ އަތޮޅުގެ އިސް ގާޒީ ޢައިނާން ޢަލީ މުޙައްމަދެވެ. ދެން އަށް މައުލޫމާތު ދެއްވަމުން ޝަޒީމު ވިދާޅުވެފައިވަނީ، މި މައްސަލައިގައި ޗެއިން އޮފް ކަސްޓަޑީގައިހުރި ތާރީޚުތަކެއްގައިވެސް މައްސަލަ ޖެހިފަވާކަމަށެވެ. އެގޮތުން، ހެކި ހޯދިކަމުގައި ޗެއިން އޮފް ކަސްޓަޑީގައި ބުނާ ތާރީޚާއި ހެކިންގެ ހެކިބަހާއި ޗެއިން އޮފް ކަސްޓަޑީގެ މަޢުލޫމާތާއި ދިމާ ނުވާކަމަށްވެސް ޝަޒީމް ވިދާޅުވިއެވެ. މަސްތުވާތަކެތީގެ މައްސަލަތަކުގައި ހެކި ހޯދުމުގެ އިޖުރާއާތު ގޯސްވުމުގެ ނަތީޖާއަކީ ދަޢުވާލިބޭ މީހުންގެ މައްޗަށް އެދަޢުވާ ސާބިތުނުވުމެވެ. ގިނަ ފަހަރަށް ޤާނޫނާ އެއްގޮތަށް ހެއްކެއް ހޯދާފައިވިޔަސް، ފުލުހުންގެ ތަޙްލީލުކުރުމުގައި ހެދޭ ބޮޑެތި ގޯސްތަކުން ކުށް ސާބިތުނުވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް