ޗައިނާއިން އަފްގާނިސްތާނުގައި އިތުރު އިންވެންޓްމެންޓްތައް ކުރުން ހުއްޓާލާނެ ކަމުގެ އިންޒާރުދިފި
ޗައިނާއިން އަފްގާނިސްތާނުގައި އިތުރު އިންވެސްޓްމެންޓްތައް ނުކުރާނެ ކަމަށް ބުނެ އިންޒާރު ދީފިއެވެ.
ޗައިނާއިން މިފަދަ އިންޒާރެއް ދީފައިވަނީ ޗައިނާއިން މިހާރުކޮށްފައިވާ އިންވެސްޓްމެންޓްތަކަށް، އަފްގާނިސްތާނުގައި ވެރިކަން ކުރަމުން އަންނަ ތާލިބާނުން އިހްތިރާމް ނުކުރާ ކަމަށް ބުނެއެވެ.
ޗައިނާއިން އަފްގާނިސްތާނަށް ހަމައެކަނި މިދިޔަ އަހަރު 31 މިލިއަން ޑޮލަރުގެ އެހީ ފޯރުކޮށްދިންއިރު، އޭގެ ތެރޭގައި ކާބޯތަކެތީގެ ސާމާނާއި ކޮވިޑް-19 ވެކްސިން ހިމެނެއެވެ.
މީގެ އިތުރުން މިއަހަރު ޖޫން މަހު އެކަނި ވެސް 7.5 މިލިއަން ޑޮލަރުގެ އިންސާނީ އެހީގެ ގޮތުގައި ޗައިނާއިން އަފްގާނިސްތާނަށް ވަނީ ފޯރުކޮށްދީފައެވެ. އެއީ އެ ޤައުމަށް އައި ބިންހެލުމާއި ގުޅިގެންނެބެ.
ޗައިނާއާ އެގައުމުގެ ގުޅުންތަކަށް އަލިއަޅުވާލައްވަމުން ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޒާއޯ ލިޖިއާން ދާދި ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ޗައިނާގެ ސިޔާދަތަށް ބުރޫއަރާ ކަންކަން އަފްގާނިސްތާނުގައި ހިނގަމުން އަންނަ ކަމަށެވެ. މިގޮތުން ވިދާޅުވީ، ތާލިބާނުންގެ ސަރުކާރުން، ޗައިނާގެ އުއުރޫ މުސްލިމުންގެ ދިފާއުގައި މަސައްކަތް ކުރަމުން އަންނަ އީސްޓް ތުރުކުމިނިސްތާން އިސްލާމިކް މޫވްމެންޓް ކޮންޓްރޯލް ނުކުރެވޭ ކަމަށެވެ.
ޗައިނާއިން ޤަބޫލުކުރާ ގޮތުގައި އީސްޓް ތުރުކުމިނިސްތާން އިސްލާމިކް މޫވްމެންޓަކީ ޓެރެރިސްޓް ގްރޫޕެކެވެ. އެ ގްރޫޕަކީ ޗައިނާގައި އަނިޔާ ލިބެމުންދާ އުއިގުރޫ މުސްލިމުންގެ ދިފާއުގައި މަސައްކަތް ކުރާ ޖަމާއަތެކެވެ.