Saturday, 31 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މި ސަރުކާރުން މަރުތަކުގެ ވާހަކަ ދެއްކީ ސިޔާސީ ބޭނުމަށް: ސަލީމް

މި ސަރުކާރުން މަރުތަކުގެ ވާހަކަ ދެއްކީ ސިޔާސީ ބޭނުމަށް: ސަލީމް

ގެއްލުވާލާފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ ވާހަކަ މި ސަރުކާރުން ދެއްކީ ސިޔާސީ ބޭނުމަށް ކަމަށް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ ހުޅުމާލޭގައި ގޮތްނޭގޭ ގޮތަކަށް މަރުވެފައި އޮތްވާ ފެނުނު މުހައްމަދު އަޒުހާންގެ މަރާ ގުޅޭގޮތުން އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލާގައި ވާހަކަ ދައްކަވަމުންނެވެ.

މި މައްސަލައަށް ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ މިވީ ހަތަރު އަހަރުގެ ތެރޭގައި އަމިއްލަ އެދުމަށް އަމިއްލަ އެޖެންޑާ ހާސިލް ކުރަން ފިޔަވައި ވީއެއްކަމެއްވެސް ނެތްކަމަށެވެ. އަދި މިސަރުކާރުން މަރުގެ މައްސަލަތަކުގައި ދައްކަނީ ސިޔާސީ ވާހަކަތަކެއްކަމަށް ސަލީމް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

“މިސަރުކާރުން މިހާތަނަށް ހަގީގަތުގައިވެސް އެއްވެސް މަސައްކަތެއް ގެއްލިފައިވާ މީހުންނާއި ގޮތްނޭނގޭ މަރުތަކުގެ ހަގީގަތް ހޯދުމަށް ނުކުރޭ. އެހެންވީމަ ހަގީގަތުގައި ދައްކަނީ ސިޔާސީ ވާހަކަ” ސަލީމް ވިދާޅުވިއެވެ.

ސަލީމް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ޕީޕީއެމުން ވެރިކަމާ ހަވާލުވެއްޖެ ނަމަ މަރުތަކުގެ ހަގީގަތް ހޯދައިދޭނެ ކަމަށާއި މަރުތަކުގެ އަޑިގައި ތިބި މީހުން ދެނެގަނެ އިންސާފުވެސް ހޯދައިދެއްވާނެ ކަމަށެވެ.

“ކުރިޔަށްއޮތް ތަނުގައި އަޅުގަނޑުމެންނަށް ސަރުކާރު ލިބިއްޖެ ނަމަ މި ކަންތައްތަކުގެ ހަގީގަތް ހޯދައިދޭނެ. ހަގީގަތުގައިވެސް މިކަމަށް ފަންޑުކުރި މީހުންވެސް އުޅޭނެ، އުޅެންޏާ ހޯދެންޖެހޭނެ. އެކަމުގެ އަޑީގައި ތިބީ ފަންޑުކުރި މީހުން ކަމަށް ވާތީ ނުހޯދިގެން މިއުޅެނީ” ސަލީމް ވިދާޅުވިއެވެ.

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް