Saturday, 7 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ނާޒިމް ސައްތާރު މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފި

ނާޒިމް ސައްތާރު މައްސަލަ ދައުލަތުން އިސްތިއުނާފުކޮށްފި
ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ގ.ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރުގެ މައްޗަށް ކްރިމިނަލް ކޯޓުން ކަނޑައެޅި އަދަބު ކުޑަވެގެން، އެ ހުކުމްގެ އަދަބުގެ ބައި ދައުލަތުން މިއަދު ހައި ކޯޓުގައި އިސްތިއުނާފްކޮށްފިއެވެ. ޕީޖީ އޮފީހުން ވިދާޅުވީ ހައި ކޯޓަށް މައްސަލަ ހުށަހެޅީ އަދަބާ މެދު ހިތްހަމަނުޖެހޭތީ ކަމަށެވެ. މި މައްސަލަ ބަލައިގަތުމާ މެދު ހައިކޯޓުން އަދި ވަކިގޮތެއް ނިންމި ކަމެއް އެނގިފައިނުވެއެވެ. ނާޒިމްގެ މައްޗަށް ދައުލަތުން އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާއަށް ނާޒިމް ވަނީ އިޢުތިރާފުވެފައެވެ.

ނާޒިމްގެ މައްޗަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާ އުފުލީ ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ. އެ ޤާނޫނުގައިވާ ގޮތުން މީހަކާ އިނދެ ހުރެ ކުރި ކުށަކަށްވާނަމަ ކުށުގެ އަސާސީ އަދަބަކީ 09 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ.

ކުށަށް ޢިއުތިރާފުވެ އަދި އެފަދަ ކުށެއް ނުކުރާނެކަމަށް ބުނެ ތައުބާވުމުންނާއި އެކަމަށް މާފަށް އެދުމުން އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ޙުކުމަކަށް ކަނޑައެޅިއެވެ. ނަމަވެސް އެ ޙުކުމް ގޭ ބަންދުގެ ޙުކުމަށް ބަދަލުކުރަން އެދިފައިވާ އެދުމަށް ރިޢާޔަތްކުރައްވައި ގާޒީ ނިންމެވީ 03 މަހާއި 26 ދުވަހަށް ނާޒިމް ގޭ ބަންދު ކުރާށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް