ޚަބަރު

ހިޔާ މަޝްރޫޢު ހިންގާފައިވަނީ މާ އަގުބޮޑުކޮށް, ގިނައީ ކުލި ނުދައްކާ މީހުން : ވޯލްޑް ބެންކު

ރައުފާ ރަޝީދު ، ދެން އޮންލައިން
ހިޔާ މަޝްރޫއުގެ ފްލެޓްތައް.. ދެން އިމޭޖްސް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރީގެ ސަރުކާރުން އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައްް އަޅާފައިވަނީ މާ އަގު ބޮޑުކޮށް ކަމަށާއި ގިނަ އަދަދެއްގެ މީހުން ފްލެޓަށް ކުލި ނުދައްކާ ކަމަށް ވޯލްޑް ބެންކުން ހާމަކޮށްފިއެވެ.

Ads by Hajj Corporation

ވޯލްޑް ބެންކުން މި މަހު ނެރެފައިވާ "މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައި ބުނާ ގޮތުން ހިޔާގެ 6338 ފްލެޓެއްގެ ތެރެއިން 2345 ފްލެޓް ނުވަތަ 37 އިންސައްތަ ފްލެޓުން ކުލި ނުދައްކާކަމަށެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ފުރަތަމަ ފިޔަވަހިން ދޫކޮށްފައިވާ 800 އެއްހާ ފްލެޓަށްވެސް ހުރީ ފައިސާ ނުދައްކައެވެ. އަދި ކުލި ނުދައްކާ ފަރާތްތަކަށް ކުލި ބަހާލައިގެން ދެއްކުމަށް ފުރުސަތު ދިންނަމަވެސް އެކަމަށް މާބޮޑު ކުރިއެރުމެއް ނުލިބޭކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ހިޔާ މަޝްރޫއު ހިންގަން ޖުމްލަ 10.5 ބިލިއަން ރުފިޔާ ހަރަދުވެފައިވާކަަމަށާއި 10 ބިލިއަން ރުފިޔާއަކީ ހިޔާ މަޝްރޫއާ އަޅާބަލާއިރު ބޮޑު އަގެއްކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

އެ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ ހިޔާ ފްލެޓްތައް އިމާރާތްކުރުމަށް ނަގާފައިވާ ލޯނުތަކަކީ ކުރު މުއްދަތެއްގައި ދައްކަން ޖެހޭ ގޮތަށް ބޮޑު އިންޓަރެސްޓް ރޭޓްގައި ނަގާފައިވާ ލޯނުތަކެއްކަމަށެވެ.

Ads by Allied Insurance
  1. ވޯލްޑް ކޭންކުން ރިބާ ލޯނު ދީގެން އަޅާތަންތަންވީމާ ރިބާ ލޯނުގެ ފައިދާ ނުލިބެން ފެށީމަ ވޯލްޑް ބޭންކު ބަޔާން ނެރެނީ، ވޯލްޑު ބޭންކަކީ ކުދި ޤައުމުތަކަށް ރިބާ ލޯނު ދީގެން ބޮޑު ފައިދާ ނަގާ ބޭންކެއް ރިބާ ކެއުން ހުއްޓާލީމާ ކުލިވެސް ލިބޭނެ !