ޚަބަރު

ހައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަކީ ދައުލަތުގެ ތިން ބާރުން ހެޔޮ އެދިގެން ކުރަންޖެހޭކަމެއް: އޭޖީ

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ ދައުލަތުގެ ތިންބާރުން ހެޔޮއެދިގެން ކުރަންޖެހޭ ކަމެއްކަމަށް ދައުލަތުގެ ބަންޑާރަ ނާއިބު އިބްރާހީމް ރިފްޢަތު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖޭގައި މިހާރު ޢަމަލުކުރަމުން އަންނަ ޤާނޫނު އަސާސީ ތަސްދީޤްކޮށް ޢަމަލުކުރަންފެށިތާ 12 އަހަރުފުން ފާހަގަކުރައްވާ ދައުލަތުގެ ބަންޑާރަ ނާއިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޙައްޤުތަކާއި މިނިވަންކަން ހޯދުމަކީ ނޭވާލާ ބީދައިން ކުރަންޖެހޭ ކަމެއްކަމަށެވެ.

އަދި ޙައްޤުތަކާއި މިނިވަންކަން ނަގަހައްޓައި ދެމެހެއްޓުމަކީ އެއިރަކު އޮންނަ ވެރިކަން ހިންގާ ބާރާއި، ޤާނޫނު ހަދާ ބާރާއި، ޢަދުލު އިންޞާފު ޤާއިމުކުރާ ބާރުގެ ހެޔޮކަމުން ކުރާ ކަމަކަށްވުރެ ހެޔޮ އެދިގެން ކުރަންޖެހޭ ކަމެއްކަމަށް ރިއްފަތު ވިދާޅުވިއެވެ.

އާ ގާނޫނު އަސާސީ ތަސްދީގު ކުރެވުނުތާ މިއަދަށް 12 އަހަރު ވެފައިވާއިރު، އެ ގާނޫނު އަސާސީއާއެކު ގިނަ ހައްގުތަކެއް ދިވެހިންނަށް ވަނީ ލިބިގެން ގޮސްފައެވެ. އެގޮތުން ސިޔާސީ ހަރަކާތް ހިންގުމާއި، އެއްވެ އުޅުމުގެ މިނިވަންކަމާއި، ދުލާއި ގަލަމުގެ މިިނިވަންކަމާއި، މި ނޫނަސް އެތަކެއް ހައްގުތަކެއް ރައްޔިތުންނަށް ވަނީ އެ ގާނޫނު އަސާސީގެ ދަށުން ލިބިގެން ގޮސްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!