Friday, 6 November 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ޕިކްނިކް އައިލެންޑް އަންނަ މަހު ހުޅުވާލަނީ

ޕިކްނިކް އައިލެންޑް އަންނަ މަހު ހުޅުވާލަނީ

ކުޑަގިރި ޕިކްނިކް އައިލެންޑް އަންނަ މަހުގެ ތެރޭގައި އާއްމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ވިދާޅުވެއްޖެއެވެ.

މީގެ ކުރިން ސަރުކާރުން ކުރިން ނިންމާފައި އޮތީ މިއަހަރުގެ މިނިވަންދުވަސް، ޖުލައި 26ވަނަ ދުވަހު ޕިކްނިކް އައިލެންޑް ހުޅުވާލުމަށެވެ. ފަހުން އެ މުއްދަތު ފަސްކޮށްފައިވަނީ، ރަށަކީ ހިއްކާފައިވާ ރަށަކަށް ވުމާއެކު އެތަން ފެހި ކުރުމުގެ އިތުރު މަސައްކަތްތައް ކުރިއަށްގެންދިއުމަށެވެ.

މިހާރު ޕިކްނިކް އައިލެންޑް ހުޅުވުމުގެ ފަހުގެ ތައްޔާރީތައް ކުރިޔަށްދާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

Advertisement
Allied — Dhen Online (box)

މާލެ ސަރަޙައްދުގައި ދިރިއުޅޭ ރައްޔިތުން މުނިފޫހިފިލުވުމަށް ދަތުރު ދާނެ ރަށެއްގެ ގޮތުގައި ކ.ކުޑަގިރީ ހަދާފައި ވަނީ އެ ސަރަޙައްދުން 8 ހެކްޓަރުގެ ބިން ހިއްކައިގެންނެވެ. އަދި 397 މީޓަރުގެ ބޮޑު ހިލައިގެ ބޭރު ތޮއްޓަކާއި 428 މީޓަރުގެ ބޮޑުހިލައިގެ ފައިކައްޓެއް ޖަހައިފައިވެއެވެ. ކުޑަގިރި ފަޅަކީ މާލެއާއި 10.5ކިލޯ މީޓަރު ދުރުގައި އޮންނަ ފަޅެކެވެ.

މިއީ ދަތުރު ދިއުމަށް ޚާއްސަކޮށް ރާއްޖޭގައި ތަރައްޤީކުރާ މިފަދަ ފުރަތަމަ ރަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް