އަފްގާނިސްތާނުގައި އަންހެނުންގެ ހައްޤުތައް ކަށަވަރު ނުވާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފި
އަފްގާނިސްތާނުގައި އަންހެނުންގެ ހައްޤުތައް ކަށަވަރު ނުވާތީ އިންޑިއާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
އަފްޣާނިސްތާނުގެ އަންހެނުންގެ ހައްގުތަކަށް އަރައިގަނެ، އެ މީހުން އާއްމު ދިރިއުޅުމުން ދުރުކުރުމަށް ކުރަމުންދާ މަސައްކަތް އިތުރުވަމުންދާތީ ކަންބޮޑުވުން ފާޅުކޮށް އދ.ގައި އިންޑިއާ އިން ބުރާސްފަތި ދުވަހު ވަނީ އަންހެނުންނާއި މައިނޯރިޓީންގެ ހައްގުތައް ނިގުޅައިގަންނަމުންދާއިރު އެހެން ދިމާލަކަށް ނުބެލުމަށް ބައިނަލްއަގުވާމީ މުޖުތަމައުއަށް ގޮވާލާފައެވެ.
އދ.ގެ ސަލާމަތީ މަޖިލީހުގައި އަންހެނުންނާއި ސުލްހަ އާއި ސަލާމަތާ ބެހޭ ބަހުސްގެ ޑެޕިއުޓީ ޕާމަނަންޓް ރެޕްރެޒެންޓޭޓިވް ސަފީރު އާރް ރަވިންދުރަ ވިދާޅުވީ އަންހެނުންނާއި މައިނޯރިޓީންގެ ހައްގުތައް ނިގުޅައިގަންނަމުންދާއިރު ދުނިޔެ އަށް އެހެން ދިމާލަކަށް ނުބެލޭނެ ކަމަށެވެ. އަފްޣާނިސްތާނުގެ އާންމު ދިރިއުޅުމުން އަންހެނުން ދުރުކުރުމަށް ކުރާ މަސައްކަތް ދަނީ އިތުރުވަމުންނެވެ.
އަފްޣާނިސްތާނަށް ކުރިމަތިވެފައިވާ އިންސާނީ ހައްގުތަކުގެ މައްސަލައަކީ ތަފާތު ކުރުމެއް ނެތި، ތައުލީމާއި، މަސައްކަތާއި، އާންމުންގެ ބައިވެރިވުމާއި، ސިއްހަތުގެ އަސާސީ ހައްގުތަކުން އަންހެނުން މަހްރޫމްވެފައިވާ ދަނޑިވަޅެކެވެ.
ޔޫއެންއެސްސީގައި ހުންނަވާ އިންޑިއާގެ ޑެޕިއުޓީ އެންވޯއީ ވިދާޅުވީ ސުލްހަވެރި، އިންކްލޫސިވް އަދި ރެޒިލިއަންޓް މުޖުތަމައުތައް ބިނާކުރުމަށް ޓަކައި އަންހެނުން ބާރުވެރިކުރުވުމާއި ޖިންސީ ހަމަހަމަކަމަކީ ޝަރުތުތަކެއް ކަމަށެވެ.
"އަންހެނުންނަށް ކުރާ އަނިޔާ ތައް ނައްތާލައި، އާންމު ދިރިއުޅުމުގައި އެމީހުންގެ ހަމަހަމަ އަދި މާނަހުރި ބައިވެރިވުން ޕްރޮމޯޓް ކޮށްގެން ނޫނީ ދެމެހެއްޓެނިވި ސުލްހައެއް ނުހޯދޭނެ. ހަތިޔާރު އެޅި ހަމަނުޖެހުންތަކާއި ޓެރަރިޒަމްގެ ހަމަލާތަކުގެ ސަބަބުން އަންހެނުންގެ ދިރިއުޅުމަށާއި ކަރާމާތަށް ވަރަށް ބޮޑު އަސަރެއް ކުރަމުން އެބަދޭ. ހަމަނުޖެހުންތައް ހައްލުކޮށް ސުލްހަ ގާއިމުކުރުމަށް އަންހެނުންގެ ބައިވެރިވުން ވަރަށް ބޮޑަށް ޝައުގުވެރިވޭ،" އޭނާ ވިދާޅުވިއެވެ.
މުސްލިމް އަންހެނުން އުޅެންވީގޮތް އެގެނީ އިންޑިޔާއަތްތޯ ؟ ތިޔަ އިންޑިޔާގައި އަންހެނުންގެ ހައްޤު ކަށަވަރުވެފަތޯ ވަނީ ؟ އަންހެނުންގެ ހައްޤާއި މިނިވަން ކަން ނިގުޅައިގަންނަމުންދާ ޤައުމަކަށް އެހެން ޤައުމެއްގެ ކަންކަން ބޮޑުވަނީ ކޮންގޮތަކުން !
ހިންދީން އުޅެނީ ހުރިހާތަނެއްގައި ހިންދީ ދީން ފަތުރަން !