Wednesday, 4 November 2026
Advertisement
HDC — Share-Below (leaderboard)
އިޖުތިމާޢީ

އޮމަދޫ ސްކޫލު ތަރައްޤީކުރުމަށް ޖަޕާނުން 80,000 ޑޮލަރުގެ އެހީއެއް ދީފި

އޮމަދޫ ސްކޫލު ތަރައްޤީކުރުމަށް ޖަޕާނުން 80,000 ޑޮލަރުގެ އެހީއެއް ދީފި

އދ.އޮމަދޫ ސްކޫލު ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ޖަޕާނު ސަރުކާރުން 80,000 އަށްވުރެ ގިނަ ޑޮލަރުގެ ހިލޭ އެހީއެއް ދީފިއެވެ.

އޮމަދޫ ސްކޫލު ތަރައްޤީކުރުމުގެ މަޝްރޫޢުއަށް ޖަޕާނުން ދިނީ 80,731 ޑޮލަރުގެ ހިލޭ އެހީއެކެވެ.

މި އެހީ ދިނުމުގެ އެއްބަސްވުމުގައި ޖަޕާނު ސަރުކާރުން މިއަދު ވަނީ އޮމަދޫ ސްކޫލާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

Advertisement
Ooredoo — Square (box)

ޖަޕާނު ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ޤައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ތަކެއުޗި މިދޮރި އެވެ. އޮމަދޫ ސްކޫލުގެ ފަރާތުން ސޮއިކުރެއްވީ އެ ސްކޫލުގެ ޕްރިންސިޕަލް ޙަސަން އާމިރެވެ.

ރާއްޖެއާއި ޖަޕާނާއި ދެ ޤައުމުގެ ދެމެދު ސިޔާސީ ގުޅުން ޤާއިމުކުރިތާ 55 އަހަރު ފުރިފައިވާއިރު, ޖަޕާނަކީ އެކި ދާއިރާތަކުން ރާއްޖެއަށް ބޮޑެތި އެހީތަކެއްވާ ޤައުމެއްކަން ފާހަގަކޮށްލެވެއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް