ޚަބަރު އިޖުތިމާޢީ

އެމްއެންޑީއެފްގެ އަސްކަރީ ތަމްރީނުތަކެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކ.ގިރިފުށީގައި އަސްކަރީ ތަމްރީނުތަކެއް ކުރިއަށް ގެންދަން ނިންމައިފިިއެވެ.

Ads by Hajj Corporation

ތަމްރީނުތައް ކުރިއަށް ގެންދާނީ މި މަހުގެ 29, 30 އަދި 31 ވަނަ ދުވަހުގެ 18:30 އިން 21:00 އަށެވެ.

މި ތަމްރީނުތަކުގައި ބޭނުންކުރާ ހަތިޔާރަކީ AK103/T56 އެވެ. ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިނަކީ 3000 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 300 މީޓަރެވެ.

ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ސީ.ލެވެލް ކަމަށްވާއިރު, ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކުނެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން ވަނީ އެ ސަރަހައްދުން ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އަންގާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!