ޚަބަރު

މައްޔިތާގެ ހަށިގަނޑަކީ އާއިލާގެ އެއްޗެއް، އެއީ ދައުލަތުގެ އެއްޗެއްނޫން: ތޯރިގް

ރައުފާ ރަޝީދު ، ދެން އޮންލައިން

މައްޔިތާގެ ހަށިގަނޑަކީ އާއިލާގެ އެއްޗެއް ކަމަށާއި އެއީ ދައުލަތުގެ އެއްޗެއްނޫން ކަމަށް މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގް (ޓޮމް) ވިދާޅުވެއްޖެއެވެ.

Ads by STELCO

ތޯރިގް މިފަދައިން ވިދާޅުވީ މި މަހުގެ 25 ވަނަ ދުވަހު ގދ. ހޯނޑެއްދޫއިން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެެ ދަށުގައި ހުއްޓާ މަރުވި އެ ރަށު އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓް ހެދުމަށް މާލެ ގެނެސްފައިވާ ދަނޑިވަޅެއްގައެވެ.

ތޯރިގް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝެެއިޚް އިމްރާނަކަށް ނުވަތަ ސީޕީ ހަމީދަކަށްވެސް އާއިލާގެ ނުރުހުމުގައި ހަށިގަނޑުފަޅާ، ގުނަވަންތަށް ނަގާ ނުހެދޭނެ ކަމަށެވެ. ތޯރިގް ވަނީ ކަށުކަމާކެމީގެ ކަންތައްތަކަށް މައްޔިތާގެ ހަށިގަނޑު ހަވާލުކުރުމަށް ގޮވާލައިފައެވެ.

ގދ. ހޯޑެއްދޫއިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމަށް ފޮނުވަން ނަމަވެސް، އެކަން ކުރަން ބޭނުންނުވާ ކަމަށާއި ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން ދަނީ ފުލުހުންނަށް ތަކުރާރުކޮށް އެދެމުންނެވެ.

އަބްދުﷲ ރަޝީދުގެ ހަށިގަނޑު ބަލަން، ގަލޮޅު ސަހަރާ މޯޗަރީއަށް އޭނާގެ އާއިލާގެ މެމްބަރުން ވައްދަން ފުލުހުން ދެކޮޅު ހެދުމުން މައްސަލަ ވަނީ ހޫނުވެފައެވެ. އާއިލާގެ މެމްބަރުން މޯޗަރީއަށް ވައްދަން ފުލުހުން ދެކޮޅު ހެދުމުން މޯޗަރީ ދޮރުމައްޗަށް މީހުން އެއްވެ ނުރުހުންފާލުކޮށްފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!