Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އަބްދުﷲއަށް ފަރުވާދޭން އެދުމުންވެސް ފުލުހުން ވިދާޅުވީ އޭނާ "އޯކޭ" ކަމަށް: ފިރުޝާން

އަބްދުﷲއަށް ފަރުވާދޭން އެދުމުންވެސް ފުލުހުން ވިދާޅުވީ އޭނާ "އޯކޭ" ކަމަށް: ފިރުޝާން

ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ ނިޔާވި ގދ. ހޯނޑެއްދޫ، ސާވެން، އަބްދުﷲ ރަޝީދު މަރުވުމުގެ ކުރިން އޭނާގެ ހާލު ސީރިއަސްކަން އެގުނު ހިސާބުން ފަރުވާދޭން އެދުމުންވެސް އެވަގުތު ރަޝީދު ކައިރީގައި ތިބި ފުލުހުން އެންގީ އޭނާގެ ހޯލު "އޯކޭ" ކަމަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން ވިދާޅުވެއްޖެއެވެ.

ފިރުޝާން ވިދާޅުވީ ފުލުހުން ކައިރީގައި ރަޝީދުގެ ހާލު ސީރިއަސްކަން އެގުނު ހިސާބުން އޭނާއަށް ފަރުވާދޭން އުދުނު ކަމަށެވެ. ނަމަވެސް ފުލުހުން ދިން ޖަވާބަކީ އެނާ "އޯކޭ" ކަމަށެވެ. ފިރުޝާން ވަނީ ރަޝީދުގެ އާއިލާއާއި ހަށިގަނޑު ހަވާލުކޮށް، އިންސާފު އަވަސް ކުރުމަށް ގޮވާލާފައެވެ.

ގދ. ހޯޑެއްދޫއިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އަބްދުﷲ ގެ ހަށިގަނޑު މާލެ ގެނައީ ޕޯސްޓްމޯޓަމަށް ފޮނުވަން ނަމަވެސް، އެކަން ކުރަން ބޭނުންނުވާ ކަމަށާއި ހަށިގަނޑު ހަވާލުކުރުމަށް އާއިލާއިން ދަނީ ފުލުހުންނަށް ތަކުރާރުކޮށް އެދެމުންނެވެ.

Advertisement
Ooredoo — Square (box)

އަބްދުﷲގެ ހަށިގަނޑު ޕޯސްމޯޓަމް ހައްދަން ބޭނުންނުވާ ކަމަށާއި، އެކަން ކޮށްފިނަމަ ހަށިގަނޑާއި ހަވާލުނުވާނެ ކަމަށް އޭނާގެ މަންމައާއި އާއިލާގެ ގިނަ މީހުން މިއަދު ވަނީ ބުނެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް