Thursday, 29 October 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މުފްތީ މެންކްގެ ދަރުސް: ކާނިވާގެ އިތުރުން މުޅި މީސްމީޑިއާ ވެސް ފުރާލައިފި

މުފްތީ މެންކްގެ ދަރުސް: ކާނިވާގެ އިތުރުން މުޅި މީސްމީޑިއާ ވެސް ފުރާލައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކު ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުގައި ދެއްވި ފުރަތަމަ ދަރުސް އަޑު އެހުމަށް އެތައް ހާސް ބަޔަކު ކާނިވާ ސަރަހައްދަށް އެއްވެއްޖެއެވެ.

ރޭ ކާނިވާ ސަރަޙައްދުގައި ބޭއްވި ދަރުސްގެ މައުޟޫއަކީ "ޑިޕްރެޝަން، އެންޒައިޓީ އެންޑް ސްޓްރެސް"އެވެ. ރޭގެ ދަރުސްގެ ކުރިން އިސްލާމީ މަރުކަޒުގައި އިްއޔެ އިމާމްވެ ހުކުރު ނަމާދު ކުރެއްވީވެސް މެންކުއެވެ.

ހުކުރު ޚުތުބާއި ބައެއް ވާހަކަތަކާއި މެންކްގެ ރޭގެ ދަރުސްގެ ވާހަކަތައް އަޑުނޭހުނު ފަރާތްތަކަށް ވެސް އެ މެސެޖް މިއަދު މީސްމީޑިއާގެ އެކި މަންސަތަކުން ދަނީ ފެންނަމުންނެވެ. ވީޑިއޯގެ ސްކްރީން ރިކޯޑްކޮށްގެންނާއި، މެންކްގެ ކޯޓްތައް ހަދައިގެން މިއަދު މުޅި މީސްމީޑިއާ އިން ފެންނަނީ މެންކްގެ ވާހަކަތެކެވެ.

Advertisement
HDC — Sidebar (box)

މިއީ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ހަތަރު ވަނަ ދަތުރުފުޅެވެ. މީގެ ކުރިން އެބޭފުޅާ ވަނީ 2015, 2016 އަދި 2020 ވަނަ އަހަރުތަކުގައި މާލެ ސަރަހައްދާއި ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީ ގައި ދީނީ ދަރުސް ދެއްވާފައެވެ.

މެންކުގެ މި ދަތުރުގައި އަދި އިތުރު 3 ދަރުސް އޮންނާނެއެވެ. އޭގެ ތެރެއިން 2 ދަރުހަކީ އައްޑޫ ސިޓީގައި އޮންނަ ދަރުހަކާ އަދި ފުވައްމުލަކު ސިޓީގައި އޮންނަ ދަރުހެވެ. ފަހު ދަރުސް އޮންނާނީ ހުޅުމާލޭގައެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް