ޚަބަރު އިޖުތިމާޢީ

އައްޑުއާއި ފުވައްމުލަކުގައި ބާއްވާ މުފްތީ މެންކްގެ ދަރުސް އޮންނަ ތަން ބަަދަލުވެއްޖެ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މުފްތީ މެންކް ކާނިވާ ސަރަހައްދުގައި ދެއްވި ދަރުސްގެތެރެއިން. ފޮޓޯ: އިސްލާމިކް މިނިސްޓްރީ

އައްޑޫ ސިޓީއާއި, ފުވައްމުލައް ސިޓީގައި ބާއްވާ މުފްތީ މެންކްގެ ދަރުސްތައް އޮންނަ ތަން ބަދަލުވެފައިވާކަމަށް އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ.

Ads by STELCO

އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި މިރޭ ފުވައްމުލަކުގައި ބާއްވަން ހަމަޖެހިފައިވާ ދަރުސް މިހާރު އޮންނާނީ އެ ސިޓީގެ ޙާފިޒް އަޙްމަދު ސްކޫލުގައެވެ. އަދި މާދަމާ ރޭ އައްޑޫ ސިޓީގައި ދަރުސް އޮންނާނީ އައްޑޫ ހައި ސްކޫލްގައެވެ.

މި ބަދަލުތައް ގެނައީ މޫސުން ގޯސްވުމާ ގުޅިގެންނެވެ. ނަމަވެސް ދަރުސް އޮންނަ ގަޑިއަކީ ކުރިން ވެސް ހަމަޖައްސާފައިވާ ފަަދައިން ރޭގަނޑު 20:45 ކަމަށް މިނިސްޓްރީން ބުންޏެވެ.

ފުވައްމުލަކުގައި މުފްތީ މެންކް ދަރުސް ދެއްވާނީ އިސްލާމްކަމާއި, އޯގާތެރިކަމާއި ހިތްހެޔޮކަން މި މައުޟޫޢުއަށެވެ.

މިނިސްޓްރީގެ ދަޢުވަތަކަށް މުފްތީ މެންކް މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ ދަރުސް ދެއްވީ މާލޭ ސިޓީގައެވެ. އެ ދަރުހަށް ވަނީ ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

މުފްތީ މެންކްގެ މި ދަތުރުފުޅުގައި ހުޅުމާލޭގައި ވެސް ދަރުސް ދެއްވާނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!