މުފްތީ މެންކްގެ ދަރުސް މިރޭ އައްޑޫ ސިޓީގައި

ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކްގެ ދަރުސް މިރޭ އައްޑޫ ސިޓީގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
އައްޑޫ ސިޓީގައި ދަރުސް އޮންނާނީ މިރޭ 20:45 ގައި އައްޑޫ ހައި ސްކޫލްގައެވެ. ދަރުސްގެ މަޢުޟޫއަކީ ''ބިނާކުރުވަނިވި މުސްލިމުން'' އެވެ.
މިއަށްފަހު މުފްތީ މެންކްގެ ދަރުހެއް އޮންނާނީ މާދަމާރޭ ހުޅުމާލޭގައެވެ.
މުފްތީ މެންކްގެ މި ދަތުރުފުޅުގައި މިހާރު މާލޭގައާއި ފުވައްމުލަކުގައި ވަނީ ދަރުސް ދެއްވައިފައެވެ.
ޒިމްބާވުވޭގެ ޢިލްމުވެރިޔާ މުފްތީ މެންކް ވަނީ މީގެ ކުރިން ހަތަރު ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން ދަރުސް ދެއްވައިފައެވެ.