ޚަބަރު

ސަލްމާން މިސްކިތުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ތުރުކީގެ ޓީމެއް އަންނަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކިންގް ސަލްމާން މިސްކިތުގައި ހުރި ބައެއް މައްސަލަތައް ހައްލުކުރުމަށް ތުރުކީވިލާތުގެ ޓީމެއް މާދަމާ އަންނާނެ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއަރޒް ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

Ads by STELCO

ޒާހިރު ވިދާޅުވީ އެ ޓީމު މާދާމާގެ ވަގުތެއްގައި އަންނާނެ ކަމަށެވެ. އެންމެ ބޮޑަށް ދިމާވާ މައްސަލައަކީ މިސްކިތުގައި ހަރުކޮށްފައި ހުރި އޭސީތަކުގެ މައްސަލައާއި ސައުންޑުގެ މައްސަލަ ކަމަށް ޒާހިރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސައުންޑު ސިސްޓަމަށާއި އޭސީއަށް ދައުލަތުން ވަރަށް ބޮޑު ޚަރަދެއް ކޮށްފައިވާ ކަމަށާއި ދާއިމީ ހައްލަކަށް ދިޔުމަށް އެޓީމާއެކު މަސައްކަތް ކުރައްވާނެ ކަމަށެވެ.

ސަލްމާން މިސްކިތަކީ އެއް ފަހަރާ 10،000 މީހުން ނަމާދުކުރެވޭ ތަނަވަސް ޖާގައިގެ މިސްކިތެކެވެ. އެ މިސްކިތުގެ އިމާރާތުގައި ބައިނަލްއަޤުވާމީ ފެންވަރުގެ ލައިބްރަރީއަކާއި މަލްޓި ޕާޕަސް ހޯލަކާއި ސެމިނަރ ރޫމްތަކާއި ކްލާސް ރޫމްތައް ގާއިމްކުރެވިފައި ވެއެވެ.

Ads by Allied Insurance
  1. ބުރާންތި

    ލަދުން މަރުވާވަރުވޭ މިސަރުކާރުގެ ނާގާބިލްކަން ތި ފެންނަނީ އެހެންމީހުން ކުށްވެރިކުރަން އުޅޭއިރު ތިމާމެންގެ ލަދު ބޭޒާރު ވަމުން ތިދަނީ، މި ބޭގަރާރު ސަރުކާރުގެ މީހަކު ތުނބުޅި ބާލަން ވިއަސް ބޭރުގެ ކޮންމެވެސް މީހަކު ގެންނަން ޖެހޭނީ،
    ތީވެސް ހީލަތްތެރި ކަމުގާ ގެންނަ ބައެއް، ނަން އޮންނާނީ މައްސަލަތައް ހައްލު ކުރާ ކަމަށް، އެކަމު މި ހީލަތްތެރި ސަރުކާރުން ކުރަން ތި އުޅޭކަމަކީ ސަލްމާން މިސްކިތް ތުރުކީ ވިލާތަށް ވިއްކާލަން، ރަހުނު ކޮއްފާ ފައިސާގަނޑެއް ނަގަން، މީކީ އަމިއްލަ ސަގާފަތާ މާތްވެގެންވާ އިސްލާމްދީންވެސް ވިއްކާލައިގެން އުޅޭ ސަރުކާރެއް، ދީނެއް އުއް.ަތެއް މިއްލަތެއް ގަބޫލު ކުރާބައެއްނޫން ފައިސާގެ ދަހިވެތި ކަމުގާ އަމިއްލަ ފުރާނަވެސް ވިއްކާލާނެ ބައެއް ވެރިކަމުގާ މި ތިބީ.