Saturday, 31 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

މުފްތީ މެންކްގެ ދަރުސް މިރޭ ހުޅުމާލޭގައި

މުފްތީ މެންކްގެ ދަރުސް މިރޭ ހުޅުމާލޭގައި
މުފްތީ މެންކްގެ ދަރުސް މިރޭ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި އޮންނާނެއެވެ. މިރޭ 8:45 ގައި އޮންނަ މި ދަރުސްގެ މައުޟޫޢުއަކީ ”އާއިލީ މައްސަލަތަކާއި ކުރިމަތިލާނެ ގޮތް” މި މައުޟޫއެވެ. މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދަޢުވަތަކަށް، މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ މުފްތީ މެންކްގެ ދަރުސްތައް މިހާތަނަށް ވަނީ މާލެއާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ބާއްވާފައެވެ. މި ދަރުސްތަކަށް ގިނަބައެއްގެ ތަރުޙީބުވަނީ ލިބިފައެވެ. މި ދަރުސްތަކަށް ވަޑައިނުގެންނެވޭ ފަރާތްތަކަށް ޓީވީއާއި ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ދަރުސްތައް ބަލާލެވޭނެއެވެ.
މުފްތީ މެންކް މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ ވަޑައިގެން، ދީނީ ދަރުސްވެސް ދެއްވާފައިވެއެވެ.
މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ. އެ ދަތުރުފުޅުގައި ދަރުސް ދެއްވީ ހދ. ކުޅުދުއްފުށީގައެވެ. އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެވަޑައިގެން، އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވާފައި ވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް