ކޮވިޑް:19: ބޭސްފަރުވާ އަށް އިންޑިއާއަށް ދިޔަ ދިވެހިންތަކެއް ފައްސިވެއްޖެ

ބޭސްފަރުވާ އަށް އިންޑިއާއަށް ދިޔަ ދިވެހިންތަކެއް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
މިކަމާއި ގުޅިގެން އާސަންދަ އިން ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވާ ގޮތުގައި 29 ޖުލައި ގައި ކިމްސް ހޮސްޕިޓަލަށް ދިޔަ ބަލި މީހަކާއި އެހެން ބަލި މީހެއްގެ އެހީތެރިއެއް ވަނީ ކޮވިޑް19 އަށް ފައްސިވެފައެވެ.
މީގެ ކުރިން އަމްރިތާ ހޮސްޕިޓަލަށް ބޭސްފަރުވާ އަށް ދިޔަ ދިވެހިން ތަކެއް ވެސް ކޮވިޑް19 އަށް ފައްސިވެފައި ވެއެވެ.
އާސަންދައިން އިތުރަށް ބުނެފައިވާ ގޮތުގައި ބައްޔަށް ފައްސިވި އެހީތެރިޔާ އާއެކު ދިޔަ ބަލި މީހާގެ ބޭސްފަރުވާ މިހާރު ވަނީ ނިމިފައެވެ. ނަމަވެސް ފައްސިވުމާ ގުޅިގެން 14 ދުވަހު ކަރަންޓީނު ވާންޖެހޭނެއެވެ.
އަދި ބައްޔަށް ފައްސިވި ބަލިމީހާގެ ބޭސްފަރުވާ މެދުނުކެނޑި ކުރިއަށް ދާނެ ކަމަށް ވެސް އާސަންދައިން ބުނެފައިވެއެވެ.