ޓެކްސީއަކާއި އެމްޓީސީސީގެ ވެހިކަލެއް ޖެހި،ނުރައްކާތެރި އެކްސިޑެންޓެއް

ޓެކްސީއަކާއި އެމްޓީސީސީގެ ވެހިކަލެއް ޖެހި ކުޅުދުއްދުފުށީގައި މިއަދު ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
''ދެން'' އަށް މަޢުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުގެ އޮފިސަރަކު ވިދާޅުވީ ޓެކްސީއަކާއި އެމްޓީސީސީގެ ޓްރަކެއް ޖެހި މިއަދު ކުޅުދުއްފުށީ އުތުރު ބަނދަރު ސަރަހައްދުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައިވާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ ފުލުހުންގެ ޓީމް ސީން ގައި ހަރަކާތްތެރިވަމުންދާތީ އިތުރު މަޢުލޫމާތު ހިއްސާކުރެވެން އަދި ނެތް ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ޓެކްސީއަށާއި ޓްރަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.