ޚަބަރު ދުނިޔެ

ޕެންޝަން ނުދޭތީ އަފްގާނިސްތާނުގައި މުޒާހަރާ ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާން ސަރުކާރުގެ ރިޓަޔަރޑް މުވައްޒަފުންނަށް ތާލިބާނުންގެ ސަރުކާރުން ޕެންޝަން ފައިސާ ނުދޭ މައްސަލައާއި ގުޅިގެން ތާލިބާނުންނާ ދެކޮޅަށް އިހުތިޖާޖުކޮށްފައެވެ.

Ads by STELCO
Ads by Sosun Fihaara

އެ މީހުން ކާބުލްގައި މުޒާހަރާކޮށް، އެމީހުންގެ ޕެންޝަން ދިނުމަށް ތާލިބާން ސަރުކާރަށް ގޮވާލާފައިވާ ކަމަށް ޓޯލޯ ނިއުސް އިން ބުނެއެވެ.

ރިޓަޔާކުރި މީހުން ބުނީ މުސާރަ ނުލިބޭތާ އެތައް މަހެއް ވެފައިވާ ކަމަށެވެ.

މުނިސިޕަލްޓީ ޑިޕާޓްމަންޓުގައި 30 އަހަރު މަސައްކަތް ކުރި މުހައްމަދު ދާއޫދު، 68، ބުނީ އޭނާއަކީ 13 މެމްބަރުންގެ އާއިލާއެއްގެ އާމްދަނީ ހޯދާ ފަރާތް ކަމަށެވެ.

"އިސްލާމިކް އެމިރޭޓްސް އަށް ގޮވާލަން އަޅުގަނޑުމެންގެ ހައްގުތައް ހޯދައިދިނުމަށް. އަޅުގަނޑުމެންގެ، ހައްގުތަކަށް އިހުތިރާމް ކުރުމަށް ގޮވާލަން ބަނޑުހައިހޫނުކަމުގެ ސަބަބުން މަރުވާން މި އުޅެނީ،" ދާއޫދް އެ ނޫހަށް ކިޔައިދިނެވެ.

ތާލިބާނުންގެ ފިނޭންސް މިނިސްޓްރީން ބުނީ ރިޓަޔާކުރާ މީހުންގެ ޕެންޝަން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ޕްލޭނެއްގެ މަސައްކަތް ބޮޑުވަޒީރުގެ އޮފީހާ ހިއްސާކޮށްފައިވާ ކަމަށެވެ.

"ރިޓަޔާކުރާ މީހުންނަށް ފައިސާ ދިނުމާ ބެހޭ ގޮތުން އެކުލަވާލި ޕްލޭން ތައާރަފްކުރީ ކެބިނެޓްގެ ފަސް ވަނަ ބައްދަލުވުމުގައި. ފިނޭންސް މިނިސްޓްރީން މިހާރު އިންތިޒާރު ކުރަނީ ބޮޑުވަޒީރުގެ ގަރާރާ އެއްގޮތަށް އަމަލު ކުރައްވާނެ އިރަކަށް،" އެމްއޯއެފްގެ ތަރުޖަމާނު އަހުމަދު ވަލީ ހައްގުލް ވިދާޅުވިއެވެ.

ޓޯލޯ ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ރިޓަޔާކުރާ މީހުން މީގެ ކުރިން ވެސް ގިނަ މުޒާހަރާތަކެއް ކޮށްފައިވާ އިރު، ޕެންޝަން ދެއްކުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.

ރިޓަޔާމަންޓް ޕެންޝަނަށް ބަރޯސާވާ އަޝްރަފް ޣަނީގެ ކުރީގެ ސަރުކާރުގެ ރިޓަޔަރޑް މުވައްޒަފުންނާއި އަސްކަރިއްޔާގެ ފަރާތަކުން، އެ ޤައުމަށް ދިމާވެފައިވާ އިގްތިސާދީ ދަތިތަކާއެކު ވަނީ ހާޅުގައި ޖެހިފައެވެ.

ތާލިބާނުން ކާބުލްގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން އަފްޣާނިސްތާނުގެ އިންސާނީ އަދި އިޤްތިޞާދީ ހާލަތު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

ބޭރުގެ އެހީތައް މެދުކަނޑާލުމާއި، އަފްޣާނިސްތާން ސަރުކާރުގެ މުދާ ތައް ހިފެހެއްޓުމާއި، ތާލިބާނުންނާ ދެކޮޅަށް ބައިނަލްއަގްވާމީ ގޮތުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މިހާރުވެސް ފަގީރުކަމުގެ މިންވަރު މަތި، އެ ގައުމު ދަނީ އިގްތިސާދީ ބޮޑު ކާރިސާއަކަށް ވެއްޓެމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!