އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ޢަރައްބިއްޔާ ހަލާކުކޮށް، ފިތުނަ އުފެއްދުން: ޑރ. އިޔާޒު

އެޑިއުކޭޝަން މިނިސްޓްރީގެ އަމާޒަކީ ޢަރަބިއްޔާ ސްކޫލު ހަލާކުކޮށް، ފިތުނަ ފަސާދަ އުފެއްދުން ކަމަށް ރާއްޖޭގެ މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒު ޢަބްދުއްލަޠީފު ވިދާޅުވެއްޖެއެވެ.
އިޔާޒު މިފަދައިން ވިދާޅުވެފައިވަނީ އަރަބި ތައުލީމު އުނގަންނައިދިނުމަށް ޚާއްސަކޮށްގެން މާލޭގައި ހިންގަމުން އަންނަ ޢަރަބިއްޔާ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ޝުޖާއު އަބްދުއްރަޙީމް އެ މަޤާމުން ވަކިކުރުމުން އެ ސްކޫލުގެ ބެލެނިވެރިން މުޒާހަރާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިކަމާ ގުޅިގެން އިޔާޒު ވިދާޅުވީ މިހާރު އެޑިއުކޭޝަން މިނިސްޓްރީގެ މިސްރާބު ހުރީ ސީދާ އަރަބިއްޔާ ސްކޫލް ހަލާކުކޮށް، ބެލެނިވެރިން ރުޅިއަރުވާ، ފިތުނަ ފަސާދަ އުފައްދާގޮތަށް ކަމަށެވެ. އަދި “ދަރިވަރުން ނެޓްބޯލް ފަރިތަކުރާ ޕޮޓް ފޮރުވަން އެންގީ ސީދާ މިނިސްޓަރު. މިކަހަލަ އެތައް ޖަރީމާ އެއް އެބަ ހިންގާ” ކަމަށްވެސް އިޔާޒު ވިދާޅުވިއެވެ.
ސުލްހަވެރި އިހްތިޖާޖެއް ކުރަމުން އަންނަ ބެލެނިވެރިން ދަނީ ޝުޖާއު ވަކިކުރަން މިއީ އެންމެ ރަނގަޅު ވަގުތުތޯ ސުވާލު ކުރަމުންނެވެ. އަދި ޢަރަބިއްޔާ ސްކޫލުގެ ކުދިންނަށް އެހެން ސްކޫލުތަކުގެ ކުދިންނާ އެއް ހަމައަކުން އަމަލު ނުކުރާ ކަމަށްބުނެ ކަންބޮޑުވުން ދަނީ ފާޅު ކުރަމުންނެވެ.
ބެެލެނިވެރިންގެ ކަންބޮޑުވުންތައް ޓުވިޓާގައި ހިއްސާކުރަމުންދާ ޢަރަބިއްޔާ ފެމިލީން ބުނީ، އިސްކަންދަރު ސްކޫލްގެ ޕްރިންސިޕަލް ހުސައިން ސައީދާއި އަރަބިއްޔާ އާއި ހަވާލުކޮށްފިނަމަ ހިތި ނަތީޖާ އެއް ނިކުމެދާނެ ކަމަށެވެ.
ޢަރަބިއްޔާގެ ޕްރިންސިޕަލް މަގާމުން ވަކިކުރުމަކީ އެ ސްކޫލަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއްކަން ފާހަގަކޮށް ޝުޖާޢުގެ މަޤާމު އަނބުރާ އިއާދަކޮށްދިނުމަށް އަރަބިއްޔާގެ ބެލެނިވެރިން ދަނީ ގޮވައިލަމުންނެވެ.
ތިހެންކިޔަކިޔާ ބައި އަތު ހިފައިގެންތިބޭ ތީ މިރާއްޖޭގަ އުޅޭ ދީނީ ޢިލްމުވެރިންގިނަ ޕާޓީގެ ޙާލަތަކީ