ޗައިނާއިން ކެނެޑާގެ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތު
ކެނެޑާގެ އިންތިހާބަށް ނުފޫޒު ފޯރުވަން ޗައިނާއިން މަސައްކަތް ކުރާ ކަމަށް އެޤައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ތުހުމަތު ކުރައްވާފައެވެ.
ޓްރޫޑޯ މިހެން ވިދާޅުވެފައި މިވަނީ ދާދި ފަހުން ބޭއްވި އިންތިހާބުތަކުގައި ބެއިޖިންއަށް ތާއީދުކުރާ ކެންޑިޑޭޓުންގެ "ސިއްރު ނެޓްވޯކެއް" ދެނެގަނެވިފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ރިޕޯޓްކޮށްފައި ވަނިކޮށެވެ.
އޮފިޝަލުން ޓްރޫޑޯއަށް މައުލޫމާތު ދިން ގޮތުގައި 2019 ވަނަ އަހަރުގެ ފެޑެރަލް އިންތިހާބުގައި ޗައިނާއިން މަދުވެގެން 11 މެންބަރަކަށް ތާއީދުކޮށްފައިވާ ކަމަށެވެ.
ނަން ހާމަނުކުރާ އިންޓެލިޖެންސް އޮފިޝަލުންނާ ހަވާލާދީ ލޯކަލް ބްރޯޑްކާސްޓަރު ގްލޯބަލް ނިއުސް އިން ބުނީ ބެއިޖިން އިން ކެންޑިޑޭޓުންނަށް ފައިސާ ދީފައިވާ ކަމަށާއި ޗައިނާގެ އޮޕަރޭޓަރުން ގިނަ ކެންޑިޑޭޓުންގެ ކެމްޕެއިން އެޑްވައިޒަރުންގެ ގޮތުގައި މަސައްކަތްކޮށްފައިވާ ކަމަށެވެ.
މިފަދަ އެއް މައްސަލައެއްގައި 250،000 ޑޮލަރު އެއް ކެނޑިޑޭޓަކަށް ޚަރަދުކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ޓޮރޮންޓޯގައި ހުންނަ ޗައިނާގެ ކޮންސިއުލޭޓުން އެންގި ކަމަށް ބުނާ މި އޮޕަރޭޝަނުގައި ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން މިހާރު ތިއްބެވި މެމްބަރުންގެ އޮފީސްތަކުގެ ތެރޭގައި ޗައިނާ އޮޕަރޭޓަރުން ބޭތިއްބުމަށް ވެސް މަސައްކަތް ކޮށްފައިވާ ކަމަށް އެ އައުޓްލެޓުން ތުހުމަތު ކުރެއެވެ.
އަދި ސިޔާސީ މަސްރަހުގެ ތެރޭގައި ނުފޫޒު ފޯރުވުމުގެ ގޮތުން ކެނެޑާގެ ކުރީގެ އޮފިޝަލުންނަށް ގުޅާ ފައިސާ ހުށަހަޅަމުންދާ ކަމަށް ވެސް ތުހުމަތު ކުރެއެވެ.