Wednesday, 4 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ޝަރީފް އެމްޑީޕީއަށް ސޮއި ކުރުމުން ދައްކުވައިދެނީ ޤައުމު އިސްލާހުކުރަން ފެށި މަސައްކަތް ފެއިލްވެފައިވާ މިންވަރު: މަލީހް

ޝަރީފް އެމްޑީޕީއަށް ސޮއި ކުރުމުން ދައްކުވައިދެނީ ޤައުމު އިސްލާހުކުރަން ފެށި މަސައްކަތް ފެއިލްވެފައިވާ މިންވަރު: މަލީހް

ޝަރީފް އެމްޑީޕީއަށް ސޮއި ކުރުމުން ދައްކުވައިދެނީ ޤައުމު އިސްލާހުކުރަން ފެށި މަސައްކަތް ފެއިލްވެފައިވާ މިންވަރު ކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު މުޙައްމަދު މަލީހް ޖަމާލް މިއަދު ވިދާޅުވެއްޖެއެވެ. 

މަލީހް މިފަދައިން ވިދާޅުވީ އިލެކްޝަން ކޮމިޝަނުގެ ކުރީގެ ރައީސް އަދި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަޙްމަދު ޝަރީފް އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެންނެވެ.

މަލީހް ވިދާޅުވީ މުލިއާގޭގައި ޕާޓީ ހިންގުމަކީވެސް ކޫލް ކަމަކަށް ވެއްޖެ ކަމަށާއި އިމްތިޚާނުގެ ނަތީއްޖާ ލިބޭ ދުވަސް ކައިރިވެއްޖެ ކަމަށެވެ.

Advertisement
Allied Insurance — Square (box)

“އީސީ ޝަރީފު އެމްޑީޕީއަށް ސޮއެ ކުރުމުން ދައްކުވައިދެނީ މިޤައުމު އިސްލާހުކުރަން ފެށި މަސައްކަތް ފެއިލްވެފައިވާ މިންވަރު. ގޫޑް ގަވަރނަންސްއަކީ ރައީސް އިބޫ ދަސްނުކުރައްވާ ފިލާވަޅެއްކަން. މުލިއާގޭގައި ޕާޓީ ހިންގުމަކީވެސް ކޫލް ކަމަކަށް ވެއްޖެ. އިމްތިޚާނުގެ ނަތީއްޖާ ލިބޭ ދުވަސް ކައިރި” މަލީހް ވިދާޅުވިއެވެ.

ޝަރީފަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނާ ގާތްގުޅުމެއް އޮތްބޭފުޅެކެވެ. މިދިޔަ ރިޔާސީ އިންތިހާބުގައި ރައީސް ޔާމީން ނާކާމިޔާބު ވުމުން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ޝަރީފްއާ އަމާޒުވެފައެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް