ޚަބަރު

މަސްވެރިންގެ ޝަކުވާ އަޑުއަހަން ސިޔާދު ޤާސިމް މާންދުއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މިއަދު ސިޔާދު ޤާސިމްވަނީ މާންދުއަށް ވަޑައިގެންފައި.. ދެން އިމޭޖްސް/ އަޔާޒް

ހޮރައިޒޮން ފިޝަރީޒް އިން ހިންގަމުން އަންނަ ލ. މާންދޫގައި މަސްވެރިން ކުރަމުން އަންނަ އިޙްތިޖާޖުގައި، މަސްވެރިންގެ ޝަކުވާތައް އަޑުއަހަން ވިލާ ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އިބްރާހީމް ސިޔާދު ގާސިމް މާންދުއަށް ވަޑައިގަންނަވައިފިއެވެ.

Ads by Sosun Fihaara

ސިޔާދު ޤާސިމް މާންދުއަށް ވަޑައިގެންފައިވަނީ މިރޭގެ ވަގުތެއްއެވެ.

ހޮރައިޒޮން ފިޝަރީޒްއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ކުރަމުން އަންނަ އިޙްތިޖާޖްގައި 300އެއްހައި މަސްވެރިން ވަނީ ބައިވެރިވެފައެވެ.

ތ.އަތޮޅު އަދި ލ.އަތޮޅުގެ ގިނަ މަސްވެރިން ބައިވެރިވާ މި އިޙްތިޖާޖު ފަށައިފައި އިއްޔެ މިއަދު ހެނދުނު 8 ޖެހިއިރުގައެވެ. މި އިހްތިޖާޖު 8އިން ފެށިގެން މިއަދު އިރުއޮއްސި 6އާ ހަމައަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި މިއަދު ހެނދުނު އަނެއްކާ ވެސް އިޙްތިޖާޖު ވަނީ ކުރިޔަށް ގެންގޮސްފައެވެ. އިޙްތިޖާޖުގެ ތެރެއިން ފުލުހުންނާ ކުރިމަތި ލުމެއް ހިނގާފައިވާއިރު، ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެޗެ.

މި އިޙްތިޖާޖު ކުރަމުން ދިޔަ ފަރާތްތަކުން ވަނީ މާންދޫގެ އޮޕަރޭޝަން ހުއްޓުވައި، ފައިސާ ލިބުމުން ނޫނީ އޮޕަރޭޝަން ނުފެށޭނެ ކަމަށް ބުނެފައެވެ.

މިއަދު މަސްވެރިން ބުނަމުން އައީ 24 ދޯންޏަށް ލިބެން ޖެހޭ 21 މިލިޔަން ރުފިޔާގެ ތެރެއިން 8 މިލިޔަން ރުފިޔާ ދިނުމުން މުޒާހަރާ ހުއްޓާލާނެ ކަމަށެވެ. ނަމަވެސް މިހާތަނަށް ފައިސާ ޖަމާކޮށްދީފައެއް ނުވެއެވެ.

މިއަދުގެ ހަވީރު ގަމު މަސްވެރިންގެ އަނބިދަރިން ވެސް މާންދޫ ބޭރުގައި މުޒާހަރާކޮށްފައެވެ

Ads by Allied Insurance
  1. ޒާހިރު

    ބުރުމާގާސިމުއަކީއަޅުގަންޑުގެނަޒަރުގާއެއްވެސްތާކުއްތާކުނުޖެހޭމީހެއްކަމައްއަޅުގަންޑުދެކެނީމިހެއްމިބުނައްޖެހުނީކިތެއްމެފާސާވެރިއަކައްވީނަމަވެސް.ޓުވިޓުތަކުއްހަބަރުލިބޭގޮތުގާގާސިމުއިބުރާހީމު))).މިހާރުވެސްދައުލަތައްދައްކައްޖެހޭއެތަކެއްމިލިޔަންރުފިޔާނުދައްހުރެ)އަދިއެވަރަކުއްފުދުނީކީނޫމިގައުމައްގައްދާރުވާލީޑަރެއްމެ

  2. މުހަންމަދު

    ތީ އިގިރޭސި ބަހުން ވާހަކަ ދައްކަވާ ބޭފުޅެއް..ދިވެހިބަހަސް ތަރުޖަމާކޮށް ދޭން މީހަކު ނުގެންދޭބާ؟