Thursday, 5 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

މަސްވެރިންނަށް ދޭންޖެހޭ 8.6 މިލިޔަން ރުފިޔާ މާދަމާ ދޭން ހޮރައިޒޮން އިން އެއްބަސްވެއްޖެ

މަސްވެރިންނަށް ދޭންޖެހޭ 8.6 މިލިޔަން ރުފިޔާ މާދަމާ ދޭން ހޮރައިޒޮން އިން އެއްބަސްވެއްޖެ

ހޮރައިޒޮން ފިޝަރީޒް އިން މަސްވެރިންނަށް ދޭން ޖެހޭ 21 މިލިޔަންގެ ތެރެއިން 8.6 މިލިޔަން މާދަމާ އިރުއޮއްސުމުގެ ކުރިން ދިނުމަށް އެ ކުންފުނިން އެއްބަސްވެއްޖެއެވެ.

މިގޮތަށް އެއްބަސްވެފައިވަނީ، ވިލާ ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) އިބްރާހީމް ސިޔާދު ގާސިމާއެކު މިރޭ މަސްވެރިން ބޭއްވި ބައްދަލުވުމަކަށް ފަހުއެވެ.

މާންދުއަށް މަސްކިރުވާ ތ އަދި ލ އަތޮޅުގެ މަސްވެރިން އިއްޔެއިން ފެށިގެން، މާންދޫގައި ގެންދަނީ އިޙްތިޖާޖެއް ކުރަމުންނެވެ. މާންދޫގެ އޮޕަރޭޝަންތައް އިއްޔެއާއި މިއަދު ވެސް ކުރިއަށް ނުގެންދެވޭ ގޮތަށް ވަނީ ހުރަސްހަޅާފައެވެ.

Advertisement
Ooredoo — Truecaller (box)

"ދެން" އަށް މައުލޫމާތު ދެމުން މަސްވެރިންގެ އިޙްތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވާ އަލީ ހަފީޒް ވިދާޅުވީ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާގެ ތެރެއިން، މިހާރުން މިހާރަށް ދިނުމަށް ޑިމާންޑް ކުރި ފައިސާ ދޭން ހޮރައިޒޮން އިން އެއްބަސްވެފައިވާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފައިސާ ލިބެންދެން މާންދޫގެ ފަޅުގައި މަސްވެރި ދޯނިތައް ތިބުމަށް ވަނީ ނިންމާފައެވެ. އަދި އިޙްތިޖާޖު ނިންމާލާނީ މަސްވެރިންނަށް އެ މީހުންގެ ފައިސާ ލިބުމުންނެވެ.

މަސްވެރިންނަށް ދޭން ޖެހޭ ޖުމްލަ ފައިސާގެ އަދަދު 21 މިލިޔަނަށް އަރާއިރު، ޖުމްލަ 24 ދޯންޏަކުން300 އެއްހާ މަސްވެރިން ވަނީ މިހާރު މާންދޫގައި ކުރިޔަށްދާ އިޙްތިޖާޖުގައި ބައިވެރިވެފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް