ޚަބަރު

އާމްދަނީ އިތުރު ކުރަން ޓެކްސް ބޮޑު ކުރަން ޖެހޭ: ވޯލްޑް ބޭންކް

ރައުފާ ރަޝީދު ، ދެން އޮންލައިން
ރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދަދު ޒެރްވޯސް

ރާއްޖޭގެ އިގްތިސާދު ރަނގަޅުވަމުން ދިޔަ ނަމަވެސް، ދުނިޔޭގެ ތަކެތީގެ އަގު އުފުލިގެން ދިޔުމުގެ ސަބަބުން އެތެރޭގެ އިންފްލޭޝަނާއި ސަރުކާރުގެ ފިސްކަލް ޕޮޒިޝަނާއި ބެލެންސް އޮފްޕޭމަންޓަށް އޭގެ އަސަރުކޮށްފައި ވުމުން، އާމްދަނީ އިތުރުކުރުމަށް ޓެކްސް ބޮޑު ކުރުން މުހިންމު ކަމަށް ވޯލްޑް ބޭންކުން ބުނެފިއެވެ.

Ads by MWSC

ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ފާރިސް އެޗް ހަދަދު ޒެރްވޯސް ވިދާޅުވީ ފިސްކަލް ސަސްޓެއިނަބިލިޓީ ހަރުދަނާކުރުމަށްޓަކައި ވިސްނުންތެރިކަމާއެކު ދަރަނި މެނޭޖްކުރުމަކީ ރާއްޖެއިން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ފާރިސް ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ އާންމު ޖީއެސްޓީ އާއި ޓޫރިޒަމް ޖީއެސްޓީ ރޭޓް ބޮޑުކުރުމަކީ ފިސްކަލް އެޑްޖަސްޓްމަންޓަކަށް އެޅުނު ރަނގަޅު ފިޔަވަޅެއް ކަމަށެވެ.

އެކަމަކު ހާއްސަކޮށް ޚަރަދުގެ ގޮތުން އިތުރު ކަންތައްތަކެއް ބޭނުންވޭ، އޭގެ ތެރޭގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މާލީ ބުރަ ކުޑަކޮށް، ސަބްސިޑައިޒްކޮށްފައިވާ ގިނަ މުދަލާއިހިދުމަތްތައް ފޯރުކޮށްދިނުން މިހާރަށްވުރެ ރަނގަޅަށް ބެލެހެއްޓުން ހިމެނޭފާރިސް ވިދާޅުވިއެވެ.

މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް (އެމްޑީޔޫ) އިން 2022 ވަނަ އަހަރު ހަގީގީ ޖީޑީޕީ ގެ ކުރިއެރުން 12.4 އިންސައްތައަށް އަރާނެ ކަމަށް އަންދާޒާކޮށްފައިވާއިރު، މިއީ 2022 ވަނަ އަހަރުގެކުރީކޮޅު އަންދާޒާކުރި މިންވަރަށްވުރެ 4.8 އިންސައްތަ އިތުރު އަދަދެކެވެ.

Ads by HDC
  1. ރިބާ ގިނައިން ކެވޭނީ ޓެކުސް ނަގައިގެން އިތުރު ރިބާ ގެ ވިޔަފާރި ކޮށްގެން ކަމަށްވާނަމަ ޓެކުސް އާއި ރިބާ ލޯން ނަގަންވީތާ ؟ ވޯލްޑު ބޭންކަކީ ރިބާ ލޯން ދޫކުރާތަނެއް ވީމާ ޓެކުސް ނަގަން ބުނެފާނެ !

  2. މުންޖިޗޭ

    ބޭކާރު ޚަރަދުކުޑަކޮށްގެން ޓެކްސް ބޮޑުނުކޮށްވާނެ. އެއްއަރިމަތިން ބަލާތީ މިކަހަލަތަން ފެންނަނީ. ސިޔާސީ މަތިބަރުކަން ކުޑކުރީމަ ނިމުނީ. ރައްޔިތުންނަށް އަދަބުދޭކަށް ނުޖެހޭ. އެކަންއެހެންވަންޏާ ރައްޔިތުން ސަރުކާރަށާ އަދަބުދޭނެކަން ކަށަވަރު.