ޚަބަރު އިޖުތިމާޢީ

ކެރަންޑޫގެ ރާޅައަޅާ ސަރަހައްދުގައި "ސާރފް ޝެކެއް" ހަދައިދޭނެ ބަޔަކު ހޯދަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މާބައިދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް

ލ. ކެރަންޑޫގެ ރާޅައަޅާ ސަރަހައްދުގައި "ސާރފް ޝެކެއް" ހަދައިދޭނެ ފަރާތެއް ހޯދަން ލ.މާބައިދޫ ކައުންސިލުގެ އިދާރާއިން އިއުލާނުކޮށްފިއެވެ.

Ads by MWSC

މާބައިދޫ ކައުންސިލުގެ އިދާރާއިން ބުނީ އެ ކައުންސިލުން ދޭ މިންތަކާއި ކޮންސެޕްޓަށް ފެތޭ ގޮތަށް ކުރެހުމެއް ތައްޔާރުކޮށް ކެރަންޑޫގެ ރާޅައަޅާ ސަރަހައްދުގައި "ސާރފް ޝެކެއް" ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.

އެހެންކަމުން އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމުގައި ރަޖިސްޓްރީވުމަށްފަހު ބީލަން ހުށަހެޅުވުން އެދޭކަމަށް ކައުންސިލުން ކުރި އިއުލާނުގައިވެއެވެ.

ބީލަން ރަޖިސްޓްރީކުރުން: މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ 11:00 ގެ ނިޔަލަށް.

ބީލަން ހުށަހެޅުން: އަންނަ ޑިސެމްބަރު 15 ވަނަ ދުވަހުގެ 11:00 ގައި ހައްދުންމަތީ މާބައިދޫ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައި.

މި ކަމާ ގުޅިގެން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ އެ އިދާރާގެ ނަންބަރު 6800890 ފޯނަށް ގުޅުއްވުމަށް މާބައިދޫ ކައުންސިލުގެ އިދާރާއިން ވަނީ އެދިފައެވެ.

ކެރެންޑުއާއި މަބަލަން ތުނޑިއާއި ދުރުދަނޑާއި ކަނޑާގެ ރަށާއި މާކަށަނައާއި މަތާންޔަގެ ރަށާއި, އަބަދަށްމަގާއި, އާދޫނި ރަށް އެކުވެގެން އުފެދިފައިވާ މާބައިދޫގައި ފަތުރުވެރިކަން ދިރުވައި އާލާކުރުމަކީ އެ ރަށު ކައުންސިލުގެ މައިގަނޑު އަމާޒެވެ.

އެ ގޮތުން ކެރަންޑޫގެ ވަކި ހިސާބަކުން ފެށިގެން ޓޫރިޒަމް ޒޯނުގެ ގޮތުގައި ވަނީ ކަނޑައަޅައިފައެވެ. އެ ތަނުގައި ގާއިމުކުރާނީ ތިމާވެށްޓާއި ރަށްޓެހި ފަތުރުވެރިކަމެއް ކަމަށާއި އެޗްޑީސީގެ އާކިޓެކްޗަރުންގެ އެހީތެރިކަމާ އެއްކޮށް ރަނގަޅު ކުރެހުމެއް ކުރެހިފައިވާ ކަމަށް މާބައިދޫ ކައުންސިލުގެ ރައީސް މީގެ ކުރިން ވިދާޅުވެފައިވެއެވެ.

މާބައިދުއަށް ބަލާއިރު ރާޅާ އަޅާ މަޝްހޫރު ޕޮއިންޓް "މެޝިން" އޮންނަނީ ވެސް އެ ރަށުގެ އުތުރުންނެވެ. އޭގެ އިތުރުން ރަށުގެ ދެ ފަރާތުން އުތުރުންނާއި ދެކުނުން އަތޮޅަށް ވަންނަން އޮންނަ ދެ ޗެނަލްގެ ކަނޑުއޮޅިއަކީ ފަތުރުވެރިންގެ މެދުގައި މަގުބޫލު ތަންތަނެވެ.

Ads by HDC
  1. މާބައިދޫ ހިއްކާފަ ބޮޑުކޮށްލަން ރަގަޅު ރަށެއް !