ކުޅިވަރު

މެސީގެ ތަފާތު ކުޅުމާއެކު ނަޕޯލީ ބަލިކޮށް ބާސެލޯނާ ކުއާޓާއަށް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މެސީގެ ތަފާތު މޮޅު ކުޅުމާއެކު 3-1ގެ ނަތީޖާއަކުން ނަޕޯލީ ބަލިކޮށް ބާސެލޯނާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

Ads by STELCO

މި މެޗުގައި ބާސެލޯނާގެ ކެޕްޓަން އަދި ދުނިޔޭގެ އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.

މެޗު ފަށަައިގެން މާގިނައިރު ތަކެއް ނުވެ މެޗުގެ އެންމެ 9 ވަނަ މިނެޓުގައި ބާސެލޯނާ އިން ވަނީ ލީޑު ނަގާފައެވެ. މި ގޯލް އެ ޓީމަށް ކާމިޔާބު ކޮށްދިނީ ލިންގްލެޓްއެވެ.

އެއަށްފަހު އަނެއްކާވެސް މެސީގެ ހިތްގައިމު ލަނޑަކާއެކު ބާސެލޯނާއިން ވަނީ މެޗުގެ 23 ވަނަ މިނެޓުގައި ލީޑު ފުޅާ ކޮށްފައެވެ. އަދި ލިބުނު ޕެނަލްޓީއެއްގައި ބާސެލޯނާގެ 3 ވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ސުއަރޭޒް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަޕޯލީއިން ވަނީ ގޯލެއް ކާމިޔާބު ކޮށްފައެވެ. އެ ގޯލް އަކީ ލިބުނު ޕެނަލްޓީއަކުން ޖެހި ގޯލެކެވެ.

މެޗުގައި މެސީ އިތުރު ގޯލެއްވެސް ކާމިޔާބު ކުރިއެވެ. ނަމަވެސް ވީ.އޭ.އާރް ބެލުމަށްފަހު ރެފްރީ ނިންމާފައިވަނީ އެއީ ހޭންޑް ބޯލެއް ކަމަށެވެ.

ބާސެލޯނާ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައި މިވަނީ އެގްރިގޭޓްގައި 4-2ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

ކުއާޓާ ފައިނަލްގައި އެޓީމު ވާދަ ކުރަން ޖެހޭނީ ބަޔާން މިއުނިކް އާއިއެވެ. ބަޔާން ކުއާޓާއަށް ދަތުރުކުރީ އެގްރިގޭޓްގައި 7-1ގެ ނަތީޖާއަކުން ޗެލްސީ ބަލިކޮށްގެންނެވެ.

Ads by HDC
  1. މުުޙައްުމަދު

    ލޯ ކަނު ރެފްރީއެއް