ކުށް ކުރާ ކުދިންނަށް ރަނގަޅު ގޮތް ހޯދައިދޭން ކުރާ މަސައްކަތުގެ ނަތީޖާ އެބަފެނޭ: ނަޒީރު
ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނަށް ރަނގަޅު ގޮތް ހޯދައިދޭން ކުރާ މަސައްކަތުގެ ނަތީޖާ ފެންނަމުންދާ ކަމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޢަލީ ނަޒީރު މިއަދު ވިދާޅުވެއްޖެއެވެ.
ޢަލީ ނަޒީރު މިހެން ވިދާޅުވީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަމަލުކުރަން ފަށައި ކުރިން ޖުވެނައިލް ޖަސްޓިސް ޔުނިޓުގެ ނަމުގައި ހިންގަމުންއައި އޮފީސް، ޑިޕާޓުމަންޓް އޮފް ޖުވެނައިލް ޖަސްޓިސްއަށް ބަދަލުކޮށް ހިންގަން ފެށިތާ ދެއަހަރު ފުރުމާ ގުޅިގެން އެކަން ފާހަގަކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ.
ނަޒީރު ވިދާޅުވީ ކުށުގެ މާހައުލަށް ހުށަހެޅޭ ކުދިންނާއި ކުށުގެ މާހައުލަށް ހުށަހެޅުމުގެ ނުރައްކަލުގައި ތިބޭ ކުދިން ޒިންމާދާރު ފަރުދުންގެ ގޮތުގައި މުޖުތަމައުގެ ހަވާސާގެތެރެއަށް ގެނެސް އެ ކުދިންނަށް ރަނގަޅު މުސްތަޤުބަލެއް ހޯދައިދިނުމަށް ކުރާ މަސައްކަތުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.
ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި އިސްލާހު ކުރަންޖެހޭ ކަންކަން ހުރިކަން ފާހަގަ ކުރައްވައި ނަޒީރު ވިދާޅުވީ މިހާރު އެކަށައަޅާފައިވާ ސިޔާސަތުތަކާއި އެ ސިޔާސަތުގެ ދަށުން ތަންފީޒުކުރަމުންދާ ޕްރޮގްރާމްތައް މެދުނުކެނޑި ކުރިއަށް ގެންދެވޭނަމަ ކުޑަކުދިން ކުށުގެ މާހައުލަށް ހުށަހެޅޭ މިންވަރު ބޮޑުތަނުން މަދުކުރެވޭނެ ކަމަށެވެ.
މީގެ އިތުރުން ނަޒީރުގެ ޓުވީޓުގައިވަނީ ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ ބަރޯސާވާ އެންމެ މުހިންމު އަސާސަކީ ކުޑަކުދިންގެ ޙައްޤުގައި މަސައްކަތްކުރައްވާ މުވައްޒަފުންކަން ފާހަގަކުރައްވައިފައެވެ.
މީގެ އިތުރުން ޑިޕާޓްމަންޓް އޮޮފް ޖުވެނައިލް ޖަސްޓިސްގެ މުވައްޒަފުން އަދާކުރާ ޒިންމާއާއި ކުރަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވައި އޭނާ ވަނީ ދުވަހުގެ ތަހުނިޔާވެސް ދަންނަވައިފައެވެ.
ނަޒީރުމެން އިސްލާމްދީން ކިޔަވައިގެން ތިބެ ގައުމު މިފަަދަ ދަށު ދަރަޖައަކަށް ވައްޓާލުމީ ހާދަހާވާ ދެރަކަމެއް ކަލޯ އިސްލާމް ދީނާއި އެދީނުގެ ޙުކުމްތައް ގާއިމު ނުކުރާ ބަޔަކު އެދީނަށް ނަސްރު ނުދޭ ބަޔަކު މިގައުމަށް ހެވެއް ނޭދޭނެ