ދުނިޔެ

ކޮވިޑް-19: ނިއުޒީލެންޑުގައި ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް ބަލި ކޮންޓްރޯލު ކުރާތާ 100 ދުވަސް

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ދުނިޔެއިން އެންމެ ފުރަތަމަ ކޮވިޑް-19 ނައްތާލައި އެކަން އިއުލާނުކުރި ގައުމުކަމަށްވާ ނިއުޒީލެންޑުގައި ކޮވިޑް19 ކޮމިއުނިޓީ ސްޕްރެޑަކަށް ނުގޮސް ކޮންޓްރޯލް ކުރާތާ 100 ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.

Ads by Sosun Fihaara

ނިއުޒީލެންޑުގައި ބަލި ނެތް ކަމަށް ކަނޑައަޅައި އިޖުތިމާއީ ގައިދުރުކަމާއި ކޮވިޑް19 އާ ގުޅިގެން އަޅަމުން އައި އެހެނިހެން ފިޔަވަޅުތައް އުވާލާފައިވަނީ ޖޫން މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައެވެ.

މިފިޔަވަޅުތައް އުވާލުމަށްފަހު ގައުމުން ބޭރުގައި ތިބި ނިއުޒީލެންޑު ރައްޔިތުން އެނބުރި ގައުމަށް ގެނައުމުގެ މަސައްކަތް ފެށުމުން އިތުރު ކޭސްތައް ވަނީ ފެނިފައެވެ. ނަމަވެސް ކަރަންޓިނުގެ ފިޔަވަޅުތަކާއެކު، އެގައުމުގައި އާންމުންގެ ތެރޭގައި ބަލި ނުފެތުރޭތާ ވަނީ 100 ދުވަސް ވެފައެވެ.

ކޮވިޑް19 ކޮންޓްރޯލް ކުރުމަށްޓަކައި އެޅި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން، ނިއުޒީލެންޑުގެ ބޮޑު ވަޒީރު ޖަސިންދާ އާރޑާން އަށް ގިނަ ބަޔަކު ވަނީ ތައުރީފް ކޮށްފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!