ދަރިވަރުންތަކަކަށް އަނިޔާކުރި އިންޑިއާ ޓީޗަރެއްގެ މައްސަލަ ބަލަނީ

މ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރުންތަކަކަށް އަނިޔާކުރި އިންޑިއާ ޓީޗަރަކު ސަސްޕެންޑްކޮށް އޭނާގެ މައްސަލަ ބަލަން ފަށައިފިއެވެ.
ދަރިވަރުންތަކަކަށް އަނިޔާ ކުރީ އެ ސުކޫލުގައި ފިޒިކްސް މާއްދާ ކިޔައިވައިދޭ އިންޑިއާގެ ސުހިން ވިމާލް ރާޖް ކިޔާ ޓީޗަރެކެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވަނީ އެ ސްކޫލުގެ ދަރިވަރެއްގެ ކަރުގައި ހިފައި ބުރަކަށީގައި ތަޅައި އަނިޔާކޮށްފައެވެ. އޭގެ އިތުރުން ބައެއް ދަރިވަރުންނަށް އަނިޔާކުރިއިރު ބިރު ދައްކާފައި ވެސް ވެއެވެ.
ޖެންޑަރ މިނިސްޓްރީއާއި އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލުކަމަށް މި މައްސަލަ އައުމާއެކު އޭނާ ވަނީ ވަޒީފާއިން ސަސްޕެންޑް ވެސް ކޮށްފައެވެ. އަދި އެ ދެ މިނިސްޓްރީގެ އިތުރުން ކަމާގުޅޭ އެހެނިހެން އިދާރާތަކުން އަންނަނީ އޭނާގެ މައްސަލަ ބަލަމުންނެވެ.