އެންސީޖީޖީން ހިންގާ ތަމްރީން ޕްރޮގްރާމްތަކަށް ދިވެހި ސަރުކާރުގެ ތަޢުރީފް
އެން.ސީ.ޖީ.ޖީއިން ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ހިންގާ ޕްރޮގްރާމްތަކަށް ދިވެހި ސަރުކާރުން ތަޢުރީފްކޮށްފިއެވެ.
އެން.ސީ.ޖީ.ޖީ އިންޑިއާ އާއި ސީ.އެސް.ސީ މޯލްޑިވްސްއާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ނަތީޖާއެއްގެ ގޮތުން، ބަލިމަޑުކަމާ އެކު ވެސް 530 އަށް ވުރެ ގިނަ ސިވިލް ސަރވަންޓުން ވަނީ ތަމްރީނުކޮށްފައެވެ.
އެން.ސީ.ޖީ.ޖީގެ މަސައްކަތުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ތަސައްވުރު އިތުރަށް ކުރިއަރުވައިދެއެވެ.
އެން.ސީ.ޖީ.ޖީގެ ޑިރެކްޓަރ ޖެނެރަލް ޝްރީ ބާރަތު ލާލް އިސްވެ ހުންނަވައިގެން އިންޑިއާ ސަރުކާރުގެ އިސްވެރިންނާއެކު ވަފުދެއް ވަނީ 2022 ނޮވެމްބަރު 19 އިން 21 އަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެބޭފުޅުންވަނީ، 2019 ވަނަ އަހަރު އިންޑިއާގެބޮޑުވަޒީރު ނަރެންދުރަ މޯދީ ކުރެއްވި ރަސްމީ ދަތުރުފުޅުގައި ސޮއިކުރެއްވި އެމް.އޯ.ޔޫގެ މައްޗަށް ބިނާކޮށް ސިވިލް ސަރވިސް ކޮމިޝަނާއެކު މިހާރު ކުރިއަށްދާ މަސައްކަތް ބައްލަވާލައްވާފައެވެ.
އެމް.އޯ.ޔޫގައިވާ ގޮތުން 2019-2024 ވަނަ އަހަރު ރާއްޖޭގެ1000 ސިވިލް ސާވަންޓުން ތަމްރީނު ކުރަންވަނީ އަމާޒުހިފާފައެވެ. ކޮވިޑް-19 ގެބަލިމަޑުކަމާ އެކުވެސް ރާއްޖޭގެ 534 ސިވިލް ސަރވަންޓުން ވަނީ އިންޑިއާގައި ތަމްރީނުކޮށްފައެވެ.
ނޭޝަނަލް ސެންޓަރ ފޮރ ގުޑް ގަވަރނަންސް (އެން.ސީ.ޖީ.ޖީ) އަކީ މިނިސްޓްރީ އޮފްޕަރސަނަލް، ޕަބްލިކް ގްރިވެންސަސް އެންޑް ޕެންޝަންގެ ބެލުމުގެ ދަށުން އިންޑިއާ ސަރުކާރުން 2014 ވަނަ އަހަރު އެޕެކްސް ލެވެލްގެ އޮޓޮނޮމިސް އިންސްޓިޓިއުޓެއްގެ ގޮތުގައި އުފައްދަވާފައިވާ ސެންޓަރެކެވެ. މި މަރުކަޒަކީ އިންޑިއާ އާއި ތަރައްގީވަމުން އަންނައެހެން ޤައުމުއުމުތަކުގެ ސިވިލް ސާވަންޓުންނާއި ޓެކްނޮކްރެޓުންގެ ޤާބިލްކަން އިތުރުކޮށް ތަމްރީނު ކުރާ މަރުކަޒެކެވެ.
އެގޮތުން ރާއްޖެއަށް ކުރެއްވި މި ދަތުރުފުޅުގައި އެން.ސީ.ޖީ.ޖީގެ ޑިރެކްޓަރ ޖެނެރަލް އާއި އިންޑިއާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުގެ އިތުރުން އެހެނިހެން އިސްވެރިން އިސްކޮށް ހުންނަވައިގެން އުކުޅަހަށް ޒިޔާރަތްކުރެއްވިއެވެ.
މި ވަފްދުގެ ބޭފުޅުން ވަނީ އުކުޅަސް ކައުންސިލްގެ ރައީސާއި މެންބަރުންނާއި ކައުންސިލް ގެއޮފިޝަލުންނާ ބައްދަލުކުރައްވައި އިންޑިއާ ސަރުކާރުގެ އެހީގައި ކުރައްވަމުން ގެންދަވާ މަސައްކަތްތައް ބައްލަވާލައްވާފައެވެ. މި ދަތުރުގައި އިންޑިއާ ސަރުކާރުގެ އެހީގައި އިމާރާތްކޮށްފައިވާ ކޮންވެންޝަން ސެންޓަރުގައި ސިއްޙީ ދާއިރާ، ތަޢުލީމީ، ޓޫރިޒަމް އަދި ހޮސްޕިޓާލިޓީ ފަދަ ދާއިރާތަކުގައި މަސައްކަތްކުރާ އިންޑިއާގެ ރައްޔިތުންނާވެސް ޑިރެކްޓާ ޖެނެރަލް ވަނީ ބައްދަލުކޮށްފައިއެވެ.
ގިނަ ވަސީލަތްތައް ހުންނަ މި ކޮންވެންޝަން ސެންޓަރުގެ ސަބަބުން އެރަށުގެ އެތައް ހާސް ރައްޔިތުންނަށް އޭގެ ފައިދާ ލިބިފައިވާކަން މި ބައްދަލުވުމުގައި ވަފުދުގެ ބައިވެރިންނަށް އެނގިފައިވެއެވެ. ކޮންވެންޝަން ސެންޓަރެއްގެ ގޮތުގައި ހިންގުމުގެއިތުރުން، އެތަންވެފައިވަނީ ފަތުރުވެރިންގެ މެދުގަައި މަޤްބޫލުތަނަކަށްވެ، ފަތުރުވެރިކަމުން ލިބޭ ނަފާ އަދި ރަށުގެ ރައްޔިތުންގެ އާމްދަނީ ވެސް އިތުރުކޮށްދިނިމުގެ މަގު ފަހިކޮށްދީފައިއެވެ.
މީގެ އިތުރުން މި ވަފްދުގެ ބޭފުޅުން ވަނީ ސިވިލް ސަރވިސް ކޮމިޝަނުގެ ރައީސާއި، ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުންނާ އެކު މާލޭގައި ވަރަށް ތަފްޞީލީ ބައްދަލުވުމެއް ބާއްވާފައެވެ. އެން.ސީ.ޖީ.ޖީ.ގެ ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ހެޔޮވެރިކަމާއި ދެފުށް ފެންނަ ސިޔާސަތުތައް ކުރިއަރުވައި އަދި ރައްޔިތުންގެ ލާބައާއި ފަސޭހައަށް ޢާންމު ޚިދްމަތް ފޯރުކޮށްދިނުމުގެ ޤާބިލްކަމުގެ ހުނަރު އިތުރުވެފައިވާ ރާއްޖޭގެ ސިވިލް ސަރވިސްގެ 534 މުވައްޒަފަކު ތަމްރީނު ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.
ތަމްރީންދެވިފައިވާ ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް ދެއްކެވި ވާހަކަފުޅުގައި، ހަރުދަނާ، ފައިދާހުރި އަދި ޓެކްނޮލޮޖީގެ ޒަރިއްޔާއިން ޚިދުމަތް ފޯރުކޮށްދިނުމުގައި ސިވިލް ސަރވިސް މުވައްޒަފުންގެ ދައުރު ފާހަގަކުރެއްވިއެވެ.
ބޮޑުވަޒީރު މޯދީގެ ތަސައްވުރުގައި ގެންގުޅުއްވާ "ނެއިބަރހުޑް ފަސްޓް" ސިޔާސަތުގެ ދަށުން މިވަފުދުން ވަނީ ރާއްޖޭގެ ޚާރިޖީ ވަޒީރު އަލްފާޟިލް ޢަބްދުالله ޝާހިދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ޑިމޮކްރަސީ އާއި ހެޔޮވެރިކަމެއް ކުރިއެރުވުމަށް ޓަކައި ކުރިއަރަމުން އަންނަ ދާއިރާތަކުގައި ޤާބިލްކަން އިތުރުކުރުމުގެ ގުޅުން އިތުރަށް ފުޅާކުރުމާ ބެހޭގޮތުން ދެބޭފުޅުން ވަނީ ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާފައެވެ.
އަދި ފޮރިން މިނިސްޓަރ ވަނީ ދިވެހި ސިވިލް ސަރވިސް މުވައްޒަފުންގެ ޤާބިލުކަމާއި ޢިލްމާއި ހުނަރު އިތުރުކޮށްދެއްވާފައިވާތީ އިންޑިއާ ސަރުކާރަށް ތަޢުރީފްކުރައްވާފައެވެ.
ހަމައެއާއިއެކު މިނިސްޓަރ ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އަލްފާޟިލް ފައްޔާޒު އިސްމާޢީލާއި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަންގެ އަރިހަށް ވެސް ޑިރެކްޓަރ ޖެނެރަލް ވަނީ ޒިޔާރަތްކުރައްވާފައެވެ. އަދި ހެޔޮވެރިކަމާއި ދެފުއް ފެންނަ އަދި ހަރުދަނާ ނިޒާމެއްގެ ދަށުން ރައްޔިތުންނަށް ޙިދުމަތް ފޯރުކޮށްދިނުން ފަދަ ދާއިރާތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައިއެވެ.
އެބޭފުޅުންވަނީ މިޕްރޮގްރާމަކީ އޮފިޝަލުންގެ މެދުގައި ވަރަށް މަގުބޫލު ޕްރޮގްރާމެއް ކަމަށާއި، މި ޕްރޮގްރާމަކީ ޑިމޮކްރެޓިކް ވެރިކަމާއި ދިވެހި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރަށް އެހީތެރިވެދޭ ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން ޑިރެކްޓަރ ޖެނެރަލް ވަނީ ރާއްޖޭގެ ހެލްތު މިނިސްޓަރާއި ފޮރިންސެކް ރެޓަރީއާ ވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުން ދެއްކެވި ވާހަކަފުޅުގައި، އިންޑިޔާ އާއި ރާއްޖޭގެ ގުޅުމަށް ލިބިފައިވާ ކުރިއެރުންތަކާމެދު ޝުކުރުއަދާކުރައްވައި ހިންހަމަޖެހުން ފާޅުކުރައްވާ، އެން.ސީ.ޖީ.ޖީއިން އެކަމުގައި އަދާކޮށްފައިވާ ދައުރާއި މެދު ތަޢުރީފުކުރެއްވެވިއެވެ.
އިންފޮމޭޝަން ކޮމިޝަނުގެ ޗެއާމަންއާ ވެސް މި ވަފުދުން ބައްދަލުކުރެއްވި އިރު، އެބޭފުޅުން ވަނީ އެން.ސީ.ޖީ.ޖީއިން އެ ކޮމިޝަނުގެ އޮފިޝަލުން ތަމްރީނު ކުރުމަށްރާއްޖެއިން ވަރަށް ބޮޑަށް ޝައުގުވެރިވާތީ، ވަފުދުފެންވަރުގެ ބައްދަލުވުމެއްގައިބައިވެރިވެވަޑައިގެންފައެވެ.
މި ވަފްދުގެ ޝަރަފުގައި ރާއްޖޭގެ އެންޓި ކޮރަޕްޝަން ކޮމިޝަނުންއިންތިޒާމުކޮށްގެންވަނީ، ޤާބިލްކަން އިތުރުކުރުމާއި، ދެފުށް ފެންނަ ގޮތްކަށަވަރުކުރުމާއި، ޑިޖިޓަލް ގަވަރނަންސް ބޭނުންކޮށްގެން ކޮރަޕްޝަންގެ އަމަލުތައްހުއްޓުވުމާ ބެހޭ ގޮތުން ތަފްސީލީ މަޝްވަރާތަކެއް ކޮށްފައެވެ.
މިކުރެވުނު މަޝްވަރާތަކުގައި ދިވެހި ސަރުކާރުން އެން.ސީ.ޖީ.ޖީގައި، އެކިޑިޕާޓްމަންޓްތަކުގެ އޮފިޝަލުން ބެލެހެއްޓުމަށް އެކި ދާއިރާތަކުން ކުރު މުއްދަތައްތަޖުރިބާކާރުން ހަމަޖައްސައިދިނުމަށް އެދިފައިވެއެވެ. އަދި އިންޑިއާގެ ތަޖުރިބާކާރުންގެއެހީގައި ގިނަ މާއްދާތަކެއްގެ މައްޗަށް ބިނާކޮށް 2 - 3 ދުވަހުގެ ކޮންފަރެންސްތައްރާއްޖޭގައި ބޭއްވުމަށް ވެސް އެ ބޭފުޅުން ހުށަހެޅުއްވިއެވެ.
އޭގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ކުރިއަށް ގެންދާ ބޯހިޔާވަހިކަމާއި މަގުތަކާއިބްރިޖާއި އާ ސީފްރަންޓް ތަރައްގީ ކުރުން ފަދަ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަށްވަފުދުން ވަނީ ބައްލަވާލައްވާފައިއެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ދިވެހި ރައްޔިތުންގެދިރިއުޅުމަށާއި ދިރިއުޅުމަށް ފައިދާހުރި ބޮޑު އަސަރެއް ކުރެއެވެ.
ޖުމްލަ ނަތީޖާއެއްގެ ގޮތުން އިންޑިއާ ކަނޑުގެ މި ދެ ޤައުމުގެ އަޒުމަކީ ގުޅިގެންރައްޔިތުންގެ ދިރިއުޅުން ހަރުދަނާ ކުރުމެވެ. ދެޤައުމުންވަނީ މި ގުޅުން އިތުރަށްހަރުދަނާކުރައްވައި، ދެފުށް ފެންނަ ސިޔާސަތު ކަށަވަރުކުރުމާއި ޤާބިލްކަންއިތުރުކުރުމުގެ މަސައްކަތް ފުޅާކޮށް، ސަރުކާރު ހިންގުން ހަރުދަނާކުރުމަށާއި ޓްރާސްޕޭރަންސީ އިތުރުކުރުމަށް ވެރިން ތަމަރީންކޮށް ދިރިއުޅުންފަސޭހަކުރުމުގެ މަސައްކަތް ކުރުމަށް ޔަޤީންކަން ދެއްވާފައިއެވެ.
އިންޑިޔާގެ އަޅުވެތިކަމަށް ދިއުމުގެ ބޭނުމަކީ ކޮބައިތޯ ؟