މަހިބަދޫއިން މާލެ ގެނައި މީހަކު ފައްސި ވެއްޖެ

މަހިބަދޫއިން މާލެ ގެނައި މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.
މަހިބަދޫ އިން ފައްސި ވެފައިވަނީ އިއްޔެ މަހިބަދޫ ހޮސްޕިޓަލްގައި ފަރުވާދިނުމަށް ފަހު އިތުރު ފަރުވާއަށް މާލެ ގެންދިޔަ އުމުރުން 80 އަހަރަށްވުރެ މަތީގެ މީހެކެވެ.
އޭނާ އޭޑިކޭއިން ހެދި ފުރަތަމަ ކޮވިޑް-19 ޓެސްޓުން ބައްޔަށް ފައްސިވެފައިވާއިރު، އެ މީހާގެ ދެވަނަ ސާމްޕަލް މިއަދު ފަތިހު ނަގާފައިވާއިރު، އެ ސާމްޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.
އެމީހާ ގެންގޮސްފައިވަނީ އޭޑީކޭ ހޮސްޕިޓަލަށް ކަމަށްވާއިރު މިއީ މަހިބަދޫން މި ބައްޔަށް ފައްސިވި ފުރަތަމަ މީހާއެވެ.
މަހިބަދޫ އިން ވާހަކަދެއްކި މީހަކު ބުނީ މަހިބަދޫ މޮނީޓަރިންގެ ހާލަތުގައި އޮތް ކަމަށް އެޗްއީއޯސީން ރޭ ބުނި ނަމަވެސް ރަށު ކައުންސިލަށް އަދި ހޮސްޕިޓަލަށްވެސް މިހާތަނަށް އެއްވެސް ގޮތަކަށް ޢަމަލުކުރަން އަންގާފައި ނުވާ ކަމަށެވެ.