ޚަބަރު އިޖުތިމާޢީ

ސެނެހިޔާގެ ޖާގަ ކުޑަވެ, އެހެން ގޮތެއް ހޯދަން ޖެހިއްޖެ: ޝަމާލް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ސެނެހިޔާ ހޮސްޕިޓަލުގެ ޖާގަ ކުޑަވެ, ކޮންމެވެސް އެހެން ގޮތެއް ހޯދަން ޖެހިފައިވާކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އެމްއެންޑީއެފް މެޑިކަލް ކޯރގެ ޚިދުމަތަށް 30 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި ރޭ ބޭއްވި ހަފުލާގައި ދެއްކެވި ވާހަކައިގައި ޝަމާލް ވިދާޅުވީ މެޑިކަލް ކޯރގެ ރިކުއަރމެންޓާއި ބޭނުން ވަރަށް ވެސް ބޮޑު ކަމަށެވެ. އަދި މިއަދު މި އޮތީ ސެނަހިޔާގައި ޖާގަ ކުޑަވެގެން ސެނަހިޔާއިން އަވަހަށް ނުކުމެ ކޮންމެވެސް އެހެން ގޮތެއް ހޯދަން ޖެހިފައިކަމަށް ވެސް ޝަމާލް ވިދާޅުވިއެވެ.

މިހާރު ވެސް އަޅުގަނޑުމެން ބަލަމުން މިދަނީ ދައުލަތުގެ އިމާރާތެއް ލިބޭތޯ މިހާރު ސެނަހިޔާގައި ދެމެންދާ ޚިދުމަތްތައް ދެވޭނޭވަރުގެ. އަދި ހަމައެއާއެކު ބޮޑު ހޮސްޕިޓަލެއް ހެދުމަށް ޓަކައި ވެސް ވަރަށް ގިނަ ސްޓަޑީތައް ހެދި ސެނަހިޔާގެ މުސްތަގުބަލަށްޓަކައި އަޅުގަނޑުމެން މި ގެންދަނީ އޭގެ މަލްޓި ސްޕެޝަލިޓީ ޓްރޯމާ، އިމަޖަންސީއަށް ރެސްޕޯންސް ކުރެވޭނެވަރުގެ ހޮސްޕިޓަލެއްގެ މަސައްކަތްތަކެއްގެ ސްޓަޑީ ކުރަމުން.

ޤައުމީ ދިފާޢީ ބާރުގައި ހަތް ކޯރ އެކުލެވިގެންވާއިރު މެޑިކަލް ކޯރއަކީ އިސް ކޯރއެއްގެ ގޮތުގައި ސްޓޭޓަސް ދެވިފައިވާ ކޯރއެއް ކަމަށާއި އެ ކޯރގެ ޚިދުމަތްތައް އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް ޓަކައި އަބަދުވެސް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.

ހަމައެކަނި ސިފައިންގެ ޢާއިލާތަކަށް ޚިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލެއްގެ ގޮތުގައި ހުޅުވި ސެނެހިޔާ ހޮސްޕިޓަލަށް 10 އަހަރުވާން ގާތްވެފައިވާއިރު އެ ހޮސްޕިޓަލުން މިހާރު ޢާންމުންނަށް ވެސް ޚިދުމަތް ފޯރުކޮށްދެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!