މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަނީ

ޖަމާޢަތް ހަދައިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަމުންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މި މައްސަލައަކީ ފުލުހުންގެ ޚިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަޙްޤީޤު ކުރަމުންދާ މައްސަލައެކެވެ.
ފުލުހުން މިއަދު ވިދާޅުވީ މި މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ޏ.ފުވައްމުލައް، ހޯދަޑު، ރޫލް، ޢަމީދު ޢަބްދުﷲ (24އ) ކަމަށެވެ.
އެހެންވެ ފުލުހުން ވަނީ ޢަމީދު ޢަބްދުﷲ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް އެދިލައްވައިފައެވެ.