Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
އިޖުތިމާޢީ

ރާއްޖޭގައި އެއިޑްސް ބަލީގެ 22 މީހުން

ރާއްޖޭގައި އެއިޑްސް ބަލީގެ 22 މީހުން

މި ވަގުތު ރާއްޖޭގައި އެއިޑްސް ބަލީގެ 22 މީހުން ފަރުވާ ހޯދަމުންދާކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭއިން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ނެރުއްވި ރިޕޯޓެއްގައެވެ.

ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރުއެވެ. ތަފާސް ހިސާބުތަކަށް ބަލާއިރު 31 ޑިސެމްބަރު 2021 ގެ ނިޔަލަށް އެއިޑްސް ޖެހުނު މީހުންގެ އަދަދު 39 އަށް އަރާފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 6 އަންހެނުންނާއި 33 ފިރިހެނުންނެވެ.

Advertisement
Allied Insurance — Square (box)

އެޗްޕީއޭއިން ވިދާޅުވީ މިހާތަނަށް މިބަލީގައި 15 މީހުން ދުނިޔެ ދޫކޮށްފައިވާއިރު މިވަގުތު 22 މީހުން ފަރުވާ ހޯދަމުންދާ ކަމުގައެވެ.

ބަލާބެލުމަށް ސިއްހަތު ރަނގަޅު މީހެއްގެ ހަށިގަނޑުގައި ވެސް އެޗްއައިވީ ވައިރަސް ހުރެދާނެ ކަމަށާއި އެޗްއައިވީ ހުރިކަން ދެނެގަނެވޭނީ އެޗްއައިވީއަށް ޓެސްޓްކޮށްގެންކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ގޮތުން ފާހަގަ ކުރާ ދުނިޔޭގައި އެއިޑްސް ބައްޔާއި ދެކޮޅަށް މަސައްކަތް ކުރާ ދުވަހެވެ. ރާއްޖޭގައި މި އަހަރު މިދުވަސް ރަސްމީކޮށް ފާހަގަކުރުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 5-12 އަށް ގއ.އަތޮޅުގައި ކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ އޭޑްސް ބަލީގެ ނުރައްކަލުން ދިވެހި މުޖުތަމައު ސަލާމަތްކުރުމުގެ ގޮތުން ހޭލުންތެރިކަން އިތުރުކުރުމާއި ބަލި ފެތުރުމަށް މަގުފަހިވާފަދަ އާދަތަކާއި ދުރުހެލިވުމަށް އެހީތެރިވެދިނުމެވެ. މި އަހަރުގެ އޭޑްސް ދުވަހުގެ ޝިޢާރަކީ "އެޗްއައިވީ އިން ރައްކާތެރިވުމަށްޓަކައި ޤަވާއިދުން ޓެސްޓް ކުރުން އާދަކުރަމާ" އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް