ވޯލްޑްކަޕްގައި ރައީސް ނަޝީދު ތާޢީދު ކުރައްވާ ޓީމު ހާމަކުރައްވައިފި

ފުޓްބޯޅައިގައި އެމަނިކުފާނު އަބަދުވެސް ތާޢީދު ކުރައްވަނީ އިނގެރޭސިވިލާތަށް ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އިއްޔެ ގެނެސްދިން "އާސްކް ސްޕީކަރ" ޕްރޮގްރާމްގައި ޕްރެޒެންޓަރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ޒަމާނުންސުރެ އެމަނިކުފާނު އަބަދުވެސް ތާޢީދު ކުރައްވަނީ އިނގެރޭސި ޓީމަށް ކަމަށެވެ.
"ދެން އަޅުގަނޑު ފެށުނީއްސުރެ ފަށައިގެން، އިނގެރޭސި ޓީމަށް އިނގޭތޯ، އެއީ ފުޓްބޯޅައިގައި. ކްރިކެޓްގައި އަޅުގަނޑު ތާޢީދު ކުރަނީ ސިލޯނަށް." ރައީސް ނަޝީދު ވިދާޅުވިއެވެ.
އިނގެރޭސިވިލާތުން ވަނީ 1966 ވަނަ އަހަރުގައި ވޯލްޑް ކަޕްގެ ތަށި އުފުލާލައިފައެވެ. އަދި މިފަހަރުގެ ވޯލްޑް ކަޕްގައި އިނގެރޭސިވިލާތުގެ ޓީމު މިހާރު ވަނީ މުބާރާތުގެ ދެވަނަ ބުރަށް ދަތުރު ކޮށްފައެވެ.
މި މުބާރާތުގައި ކުރިއަށް ދަނީ ކޮރެއާއާ ޕޯޗުގަލް އަދި ގާނާއާ އުރުގުއޭ ބައްދަލުކުރާ މެޗުތަކެވެ.
ޢިންގްލެންޑް ބަލިކުރައްވާނދޭވެ!