ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ލަންކާ ބޯޓުތަކެއް ހިފަހައްޓައިފި

ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ މަސްބޯޓުތަކެއް ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފުން ވިދާޅުވީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ސްރީލަންކާގެ 3 މަސްބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެދަށަށް ގެނެސްފައިވާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް އެމްއެންޑީއެފުން ހާމަކޮށްފައެއް ނުވެއެވެ.
މި ބޯޓުތަކުގައި ހުރީ ކިހާ މަހެއް ކަމެއް އަދި ތިބީ ކިތައް މީހުން ކަމެއް އަދި ސާފެއްނުވެއެވެ.




.jpeg?prefix=media)

ކޮމެންޓް