ދެމަފިރިއަކު ބްލެކްމެއިލް ކުރިކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި
ދެމަފިރިއަކު ބްލެކްމެއިލްކޮށްގެން އެ މީހުން އަތުން ފައިސާ ހޯދަން އުޅުނު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ރޭގެ ވަގުތެއްގައި ބ.ތުޅާދޫން ހައްޔަރުކުރީ ޢުމުރުން 31 އަހަރުގެ ފިރިހެނެކެވެ.
އެނގިފައިވާގޮތުގައި އޭނާ ހައްޔަރުކުރީ ބަރަހަނާ ވީޑިއޯތަކެއް ބޭނުންކޮށްގެން ދެމަފިރިން ބްލެކްމެއިލް ކުރި މައްސަލައިގައެވެ.
ފުލުހުން މިއަދު ވިދާޅުވީ ތުޅާދޫގައި މީހަކު ބްލެކްމެއިލްކޮށް ފައިސާ ހޯދަން އުޅުނު މައްސަލައެއް ރިޕޯޓުކުރީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ. އެގޮތުން އެ މައްސަލަ އިިތުރަށް ތަޙްޤީޤު ކުރައްވަމުން ގެންދަވާ ކަމަށެވެ.
Ads by Allied Insurance