ޚަބަރު

ދަޢުލަތުގެ މުދާ އަމިއްލަ ކަންކަމުގައި ބޭނުން ކުރުމަކީ ޤާނޫނީ ކުށެއް: މަލީހު

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ދަޢުލަތުގެ މުދާ އަމިއްލަ ކަންކަމުގައި ބޭނުން ކުރުމަކީ ޤާނޫނީ ކުށެއް ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Ads by STELCO

މަލީޙު މިހެން ވިދާޅުވީ ޤައުމީ ދިފާޢީ ބާރުގެ އުޅަނދެއް ކަމަށް ބެލެވޭ އުޅަނދެއްގައި ދިފާޢީ ވަޒީރު، މާރިޔާ އަޙްމަދު ދީދީއާ އެކަމަނާގެ ފިރިކަލުން، ފިލްމު "ޓައިޓޭނިކް"ގެ މަންޒަރެއް ނަކަލު ކުރައްވައި، ނެންގެވި ވީޑިއޯގެ ތަންކޮޅެއް ޓްވިޓަރގައި ހިއްސާ ކުރައްވަމުންނެވެ.

މަލީހު ވިދާޅުވީ އަސްކަރީ އުޅަނދެއް، ލިޔެފައިވާ އެސްއޯޕީތަކާ ޚިލާފަށް ބޭނުން ކުރުމަކީ ނުރައްކާތެރި، އަދި އެހާމެ ޒިންމާދާރުކަންވެސް ކުޑަ ޢަމަލެއް ކަމަށެވެ.

އަދި ރާއްޖެއަކީ ޑިމޮކްރަސީގެ އުސޫލުތަކާ އެއްގޮތަށް ޢަމަލު ކުރާ ޤައުމެއްނަމަ، މިކަމާ ގުޅިގެން ކަންތައް ކުރާނީ މިނިސްޓަރު މައިކަލް ފެލަން ޢަމަލު ކުރެއްވި އުސޫލުން ކަަމަށްވެސް މަލީހު ވަނީ ވިދާޅުވެފައެވެ.

މާރިޔާގެ އިންސްޓަގްރާމްގައި އާންމު ކުރެއްވި ވީޑިއޯގައި ފެންނަނީ 1997 ގެ ފިލްމު "ޓައިޓޭނިކް" ގައި އޭގެ ތަރިން ކަމަށްވާ ލިއޮނާޑީ ޑި ކެޕްރިއޯ (ޖެކް) އާއި ކޭޓް ވިންސްލެޓް (ރޯޒް) ގެ ވަރަށް މަޝްހޫރު މަންޒަރެއް މާރިޔާ އާއި އާއި އެކަމަނާގެ ފިރިކަލުން ނަކަލު ކުރައްވާ މަންޒަރެވެ.

މިކަމާ ގުޅިގެން އެކަމަނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވީ، މިއީ ދަޢުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ބުނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!