Saturday, 31 October 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ޑިޖިޓަލް އައިޑީ ކާޑު މިމަހު ބޭނުންކުރަން ފަށަނީ

ޑިޖިޓަލް އައިޑީ ކާޑު މިމަހު ބޭނުންކުރަން ފަށަނީ

ދިވެހި ރައްޔިތެއްކަން އަންގައިދޭ ޑިޖިޓަލް ކާޑް މިމަހުގެ ބޭނުންކުރަން ފެށުމަށް ތައްޔާރުވަމުން އަންނަކަމަށް ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލިޖީ، އެންސީއައިޓީން ވިދާޅުވެއްޖެއެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެންޓް ޗޭންޖް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ މިހާރު ކުރިއަށްދަނީ ޑިޖިޓަލް އައިޑެންޓިޓީ ކާޑު ޓެސްޓުކުރުމުގެ މަރުހަލާ ކަމަށެވެ.
ޑިޖިޓަލް އައިޑެންޓިޓީ ޕްރޮޖެކްޓްގެ ތެރެއިން ޙާޞިލުވާނެ ކަންކަމުގެ ތެރޭގައި ޑިޖިޓަލް އައިޑެންޓިޓީ ޕްލެޓްފޯމެއް ޤާއިމުކުރުމާއި ސްމާޓް ފޯނުތަކުގައި ބޭނުންކުރެވޭ ޑިޖިޓަލް އައިޑެންޓިޓީ އެޕްލިކޭޝަނެއް ތަޢާރަފުވުމާއި ބަޔޯ މެޓްރިކް އައިޑެންޓިޓީގެ ނިޒާމެއް ޤާއިމުވުމާއި ކޮންޓެކްޓްލަސް ސްމާޓް އައިޑެންޓިޓީ ކާޑެއް ތަޢާރަފުކުރުން ހިމެނެއެވެ.

މި ނިޒާމުގެ ދަށުން އައިޑެންޓިޓީގެ ވެރިފަރާތް ބާރުވެރިކުރުވައި އައިޑެންޓިޓީގެ ވެރިފަރާތާ ގުޅުން ހުރި ރަސްމީ މަޢުލޫމާތު އެފަރާތެއްގެ ރުހުމާ އެކު ފޯރުކޮށްދޭ ޕްލެޓްފޯމެއްގެ ގޮތުގައި ޤާއިމްކޮށް ދަޢުލަތުގެ އިދާރާތަކަށާއި ދަޢުލަތް ހިއްސާވާ ކުންފުނިތަކަށް މި ޚިދުމަތް އެން.ސީ.އައިޓީ އާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގުޅިގެން ތަރައްޤީކޮށް ހިންގުން ހިމެނެއެވެ.

Advertisement
Allied Insurance — Square (box)

 

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް