ޚަބަރު އިޖުތިމާޢީ

އޮކްޓޫބަރުގައި ކުޑަކުދިންނަށް އަނިޔާ ކުރުމުގެ ގިނަ މައްސަލަތަކެއް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާގުޅޭ ގިނަ މައްސަލަތަކެއް މިދިޔަ އޮކްޓޫބަރުމަހު ރިޕޯޓުކޮށްފައިވާކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by Sosun Fihaara

ޖެންޑަރ މިނިސްޓްރީން ޢާންމު ކުރެއްވި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން މިދިޔަ އޮކްޓޫބަރުމަހު އެ މިނިސްޓްރީއަށް 208 މައްސަލަ ރިޕޯޓުކޮށްފައިވާއިރު އޭގެތެރެއިން 79 މައްސަލައަކީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ މައްސަލަތަކެވެ.

އޭގެތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކާއި ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން އިހުމާލުވުމުގެ 23 މައްސަލައާއި ޖިންސީ ހާނިއްކައިގެ 22 މައްސަލަ ހުށަހަޅާފައިިވެއެވެ.

މީގެއިތުރުން ނަފްސާނީ ހާނިއްކައިގެ 11 މައްސަލަ ހުށަހަޅާފައިވާއިރު ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ ފަސް މައްސަލައެއް ހުށަހަޅާފައިިވެއެވެ.

ދެން ހުށަހަޅާފައިވަނީ ބްލެކްމެއިލް ކުރުމުގެ އެއް މައްސަލައާއި ނަހަމަ ގޮތުގައި ކުދިން ބޭނުންކުރުމުގެ ދެ މައްސަލައާއި އެހެން ކުދިންގެ ފަރާތުން ގަނާ ލިބުމުގެ ދެ މައްސަލައާއި އެހެން ކުދިންގެ ފަރާތުން އިންޓަނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ އެއް މައްސަލައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!