ޚަބަރު

އަލިފާނުގެ ހާދިސާގެ އަސަރު ކުރި ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެއްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރޭގެ އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު އެޕާޓްމަންޓް/-- ފޮޓޯ/ އެންޑީއެމްއޭ

ރޭ ވެރިރަށް މާލޭގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަން ހަަޖައްސައިދެއްވައިފިއެވެ.

Ads by MWSC

ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ(އެންޑީއެމްއޭ)އިން ވިދާޅުވެފައިވަނީ ހ. ހިރިޔާ ގޭގެ ތިނެއް އޭގައި ހިނގި އަލިފާނުގެ ހާދިސާގައި އެ އެޕާޓްމަންޓަށް ލިބުނު ގެއްލުންތަކާއި ގުޅިގެން އެތަނުގައި ދިރިއުޅުނު ފަރާތްތަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން މިހާރުވަނީ ހަމަޖައްސައިދެވިފައި ކަމަށެވެ.

އެހީތެރިކަން ފޯރުކޮށްދެއްވީ ހަ މީހަކަށެވެ. އެއީ  ދެ އަންހެނުންނާއި ފިރިހެނަކާއި ތިން ކުޑަކުދިންނެވެ.

އަލިފާންް ރޯވީ ހެންވޭރު ހިރިޔާގޭގެ ތިން ވަނަ ފަންގިފިލާގައެވެ.

އެމްއެންޑީފުން ވިދާޅުވީ އަލިފާން ރޯވިކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަރު 3:57 އެހާކަންހާއިރު ކަމަށާއި އަލިފާންގަނޑު ނިއްވައި ލެވުނީ ފަތިހު 4:23 ހާއިރު ކަމަށެވެ. އެ ހާދިސާގައި އޭގައި ވަރަށް ބޮޑަށް ރޯވެ، ގޭގައި ހުރި ވަރަށް ގިނަ ތަކެއްޗަށް ވެސް ގެއްލުންވެފައިވާ ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.

މި ހާދިސާ ހިނގި އެޕާޓްމަންޓަށް ލިބުނު ގެއްލުންތަކުގެ އެސެސްމެންޓެއް ދަނީ ހަދަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!