ޚަބަރު

ރޮނާލްޑޯއަށް ފުރަތަމަ 11އިން ފުރުސަތު ނުދޭން ނިންމީ ރަނގަޅަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ކްރިސްޓިއާނޯ ރޮނާލްޑޯ--

ކުއާޓާފައިނަލުން، ހިތި ގޮތަކަށް ޕޯޗުގަލް ވޯލްޑްކަޕާ އަލްވަދާއު ކިޔަން ޖެހުނުއިރު، ރޭ، މޮރޮކޯއާ ދެކޮޅަށް ކުޅުނު މެޗުން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ފުރަތަމަ 11 އިން ފުރުސަތު ނުދޭން ނިންމި ނިންމުން، ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ދިފާއު ކޮށްފިއެވެ.

Ads by MWSC

މުބާރާތުގެ ކުއާޓާފައިނަލްގައި ރޭ މޮރޮކޯ އަތުން 1-0 އިން ބަލިވެ ޕޯޗުގަލް ވަނީ މުބާރާތުން ކަޓައިފައެވެ. މިއީ ޕޯޗުގަލް ވޯލްޑް ކަޕްގެ ކުއާޓާފައިނަލުން ކެޓި ފުރަތަމަ ފަހަރެވެ.

މި މެޗުގައި ރޮނާލްޑޯގެ ބަދަލުގައި ޖާގަ ދިނީ ޒުވާން ފޯވާޑް ގޮންސާލޯ ރާމޯސް އެވެ. މިއީ ރޮނާލްޑޯ އަށް ފުރަތަމަ އެގާރައިން ޖެހިޖެހިގެން ޖާގަ ނުދިން ދެވަނަ މެޗެވެ. އޭނާއަށް ރޭގެ މެޗުން ފުރުސަތު ދިނީ، ފަހުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައެވެ.

މި ނިންމުމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕޯޗުގަލްގެ ކޯޗު ބުނީ، ފުރަތަމަ 11 އިން ރޮނާލްޑޯއަށް ފުރުސަތު ނުދޭން ނިންމީ ސިކުނޑިން ވިސްނައިގެން ކަމަށާއި، އެކަހަލަ ނިންމުންތައް ނިންމޭނީ ހިތަކުން ނޫން ކަމަށެވެ.

އަދި އޭނާ ނެރުނީ މޮޅު ޓީމެއް ކަމަށާއި، ރޮނާލްޑޯއަށް ފުރުސަތު ނުދިނަސް އޭނާ އަކީ މޮޅު ކުޅުންތެރިއެއް ކަމަށެވެ.

ކޯޗު އިތުރަށް ބުނީ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކިޔަސް، ފުޓްބޯޅައިގައި ބައެއް ފަހަރު ނަސީބަކީވެސް ވަރަށް މުހިންމު އެއްޗެއް ކަމަށެވެ. އަދި ޕޯޗުގަލްއަށް މަދުވީ ނަސީބު ކަމަށްވެސް ސަންޓޯސް ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!